
ސިހުރުގެ ވާހަކަތަކާ ގުޅިގެން ރައްދު ނުދިނުމަށް ރައީސް ވަނީ އަންގަވާފައި: ޢަލީ އާރިފް
ސިހުރުގެ ވާހަކަތަކާ ގުޅިގެން ރައްދު ނުދިނުމަށް ރައީސް ވަނީ އަންގަވާފައި: ޢަލީ އާރިފް
ލިޔުން:
ސަރުކާރަށް ފާޑުކިޔައި، "ސިހުރޭ، ހާހޫރޭ،" ބުނެ، ދައްކަމުންދާ ވާހަކަތަކަށް ރައްދު ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާ ކަމަށާއި އެފަދަ ކަންކަމަށް ރައްދު ދިނުން ރައީސް މަނާކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
ޕީއެންސީން ރޭ ބޭއްވި "ހަރުގެ ޖަލްސާ"ގައި އާރިފް ނުސީދާކޮށް، ރައްދު ދެއްވީ ކުރީގެ ރައީސް ޔާމީނަށެވެ. އާރިފް ވިދާޅުވީ ސިހުރުގެ ކަންކަން ހިނގައިދިޔަ ގޮތް ނޭނގޭ މީހަކު ޕީއެންސީގައި ނެތް ކަމަށާއި "ފާންތިލަތައް ހިފައިގެން، މޫދަށް އެރި" އުޅުނު ގޮތް އެނގޭ ކަމަށެވެ.
"ސިހުރޭ، ހާހޫރޭ ބުނާއިރު، އަޅުގަނޑުމެންނަށް އެއަކަށް ރައްދު ދެވޭކަށް ނެތް. އަޅުގަނޑުމެންގެ ވެރިމީހާ ބޭނުންފުޅެއް ނުވޭ. މީހުންނަށް ރައްދު ދޭކަށެއް،" ކެލާ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އާރިފް ވިދާޅުވިއެވެ.
"އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިތާކު ނެތޭ އެކަން ހިނގައިދިޔަ ގޮތް ނޭނގޭ އެކަކު ވެސް. ފާންތިލަތައް ހިފައިގެން، މޫދަށް އެރި ސޮރު ސޮރުމެން ނޭނގޭ އެކަކު ވެސް. ހެޔޮނުވާނޭ އާދޭސްކޮށްފައޭ މި ބުނަނީ އެ ވަޅުޖެހުނު އެއްޗެއް ވަޅުޖެހުނުތާކު ބާއްވާށޭ."
ޕީއެންސީ ހަރުގޭގައި ތިއްބެވީ ވާހަކަ ދައްކަން ނޭނގޭ ބައެއް ނޫން ކަމަށާއި ޕޯޑިއަމްގައި ވާހަކަ ދައްކަވަނީ ހުރިހާ މައުލޫމާތެއް ވެސް އެނގޭ މީހުން ކަމަށް އާރިފް ވިދާޅުވިއެވެ.
ރިޝްވަތުގެ މައްސަލާގައި ރައީސް ޔާމީން ޖަލަށްލި ހުކުމަށް އިޝާރާތްކޮށް އާރިފް ވިދާޅުވީ އެމަނިކުފާނު ޖަލަށްލީ ދަހިބޮޑުވެގެން ކަމަށް މީހަކު އޭނާ ކައިރީގައި ބުނި ކަމަށެވެ.
"އެކަމަކު ވެސް މި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާގެ ސިޔާސަތަކީ އެބޭބޭފުޅުންނަށް އެ ވިދާޅުވާހާ އެއްޗަކަށް ރައްދު ދިނުން ނޫން ކަމަށްވާތީ، އަޅުގަނޑުމެންނަށް ނެތް އެ ވާހަކަ ދެއްކޭކަށެއް،" އާރިފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
