މާލެ: 31°C
ތާރީހީ މޮޅާއެކު ޔޫރަޕުގެ ޗެމްޕިއަންކަން ސްޕެއިންއަށް

ތާރީހީ މޮޅާއެކު ޔޫރަޕުގެ ޗެމްޕިއަންކަން ސްޕެއިންއަށް

July 15, 2024
2 ފަހަރު ބަލާފައި
ތާރީހީ މޮޅާއެކު ޔޫރަޕުގެ ޗެމްޕިއަންކަން ސްޕެއިންއަށް
އިންގްލެންޑު ބަލިކޮށް 12 އަހަރު ފަހުން ސްޕެއިންއިން ޔޫރޯގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މިރޭ ކުޅުނު ޔޫރޯ 2024 ގެ ފައިނަލް މެޗުގައި ސްޕެއިންއިން އިންގްލެންޑުގެ މައްޗަށް ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރެވޭތޯ މަސައްކަތްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި ގޯލާ އަމާޒުކޮށް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ސްޕެއިން އިން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑުނަގައިފައެވެ. އެ ގޯލަކީ ޔޫރޯ ތާރީހުގައި ފައިނަލް މެޗެއް ކުޅޭ އެންމެ ހަގު ކުޅުންތެރިޔާ، ލްމީން ޔަމާލް ހުސްކޮށްލައިގައި ނިކޯ ވިލިއަމްސްއަަށް ދިން ޕާހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. ޔަމާލް އެ ގޯލަށް އެސިސްޓު ކުރުމާއެކު އޭނާ ވެފައިވަނީ ޔޫރޯ ފައިނަލެއްގައި އެސިސްޓުކުރި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. މެޗުގެ 55 ވަނަ މިނެޓުގައި ސްޕެއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ބޭރުން ނިކޯ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ. އޭގެ އިރުކޮޅެއްފަހުން އިންގްލެންޑުގެ ޖޫޑް ބެލިންހަމް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ވެސް ދިޔައީ ސްޕެއިން ގޯލު ދަނޑިކައިރިން ބޭރަށެވެ. މެޗުގެ 66 ވަނަ މިނެޓުގައި ސްޕެއިންއިން ވަނީ ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކޮށްފައެވެ. އިންގްލެންޑު އޭރިއާ ތެރެއަށް ޔަމާލް ވަދެ ގޯލުގެ ތިރީ ކަނާ އަމާޒުކޮށްލާ ފޮނުވާލި ހަމަލާ ދިފާއުކުރީ އިންގްލެންޑުގެ ކީޕަރު ޖޯޑަން ޕިކްފޯޑެވެ. މެޗުގެ 73 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ގޯލެއްޖަހައި އުންމީދެއް ހޯދައިފައެވެ. ބެލިންހަމް ދިން ޕާހަކުން އޭރިއާ ބޭރުން އެ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކޯލް ޕާމާއެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ސްޕެއިންގެ މާކް ކުރެލާ ނެގި ހުރަހަކުން މިކޭލް އޮޔަޒަބާލް ވަނީ ގޯލެއް ޖަހައި އަލުން މެޗުގެ ލީޑު ނަގައިފައެވެ. ސްޕެއިން ވަނީ 2010 ވަނަ އަހަރުގެ އިތުރުން 2012 ވަނަ އަހަރު ބޭއްވި ޔޫރޯ ކާމިޔާބުކޮށްފައެވެ. އިންގްލެންޑުން ނިކުތީ ބައި ނަރުނު ތެރޭގައި ފުރަތަމަ ތަށި ހޯދުމަށެވެ. އެ ޓީމަށް އެންމެ ފަހުން ތައްޓެއް ލިބިފައިވަނީ 1966 ވަނަ އަހަރުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ