- އެ ޕްރޮޖެކްޓުގެ ހުރިހާ ހަރަދެއް ކުރާނީ އެ ކުންފުނިން
- މާލެ ސަރަހައްދުގައި 100،000 މީހުންގެ އެކަމޮޑޭޝަން ބްލޮކުތަކެއް އެޅުމަށް ހުށަހަޅާފައިވޭ؛ އެއީ މާލެ، ހުޅުމާލޭގެ ދެ ފިޔަވަހީގެ އިތުރުން ތިލަފުށީގައި
- އެކޮމޮޑޭޝަން ފީއެއްގެ ގޮތުގައި ކޮންމެ ބިދޭސީއެއްގެ އަތުން ނަގަން ނިންމީ 120 ޑޮލަރު، މިނިސްޓަރު ވިދާޅުވީ މަޝްވަރާތަކަށް ފަހު މިހާރު 100 ޑޮލަރަށް ކުޑަކުރެވިފައިވާ ކަމަށް
- އެތަނުގައި އޭޓީއެމް، ކްލިނިކް، ލޯންޑްރީ، ބަދިގޭގެ އިތުރުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭނެ
- އަދި އެތަނުގައި އުޅޭ ބިދޭސީންގެ ހުރިހާ މައުލޫމާތެއް ހިމެނޭ ސޮފްޓްވެއާ ސިސްޓަމެއް ވެސް ސަރުކާރަށް ދޭނެ ކަމަށް ހުށަހެޅި

ބިދޭސީން ޚާއްސަ އެކޮމޮޑޭޝަން ބްލޮކްތަކެއް އެޅުމަށް މެލޭސިއާ ކުންފުންޏަކުން ހުށައަޅައިފި
ބިދޭސީން ޚާއްސަ އެކޮމޮޑޭޝަން ބްލޮކްތަކެއް އެޅުމަށް މެލޭސިއާ ކުންފުންޏަކުން ހުށައަޅައިފި
ލިޔުން:
ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން ބައިތިއްބަން އެކޮމޮޑޭޝަން ބްލޮކުތަކެއް އެޅުމުގެ ޕްރޮޕޯޒަލްއެއް ސަރުކާރަށް ހުށައަޅައިފިއެވެ.
ހޯމް މިނިސްޓްރީއާ އެ މިިނިސްޓްރީގެ ދަށުން ހިންގާ އިދާރާތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ އެ ހުށަހެޅުން ހުށަހަޅާފައިވަނީ މެލޭޝިޔާގެ ކުންފުންޏެއް ކަމަށްވާ އަޓައިލްޒް އިން ކަމަށެވެ. އެކަމަކު މިއީ އަންސޮލިސިޑެޓް ނުވަތަ އެ ކުންފުނިން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯޒަލް އެކެވެ.
"އަޅުގަނޑުމެންނަށް 1 މާޗް 2024 ގައި ލިބެނީ އަންސޮލިސިޓެޑް ޕްރޮޕޯސަލްއެއް. މެލޭޝިއާގެ އަޓްލްޒިއާ ކުންފުނި ނަމަކަށް ކިޔާ ކުންފުންޏެއް އެ ކުންފުނިން އަޅުގަނޑުމެން ޕްރޮޕޯސްކޮށްފައިވަނީ ނެޝަނަލް މައިގްރެންޓް ވޯކާޒް ޑޯމިޓޮރީސް. އެއީ ބިދޭސީ މަސައްކަތްތެރިން، ހާއްސަކޮށް އަންސްކިލްޑް ލޭބާ ކެޓަގަރީގައި މިކިޔާ މަސައްކަތްތެރިން ރާއްޖެ އައިސް މަސައްކަތް ކުރާއިރު އެމީހުން އެކަމަޑޭޝަންގެ ބްލޮކްސްތަކެއް އެޅުމުގެ ވާހަކަ." މިނިސްޓަރު ވިދާޅުވި އެވެ.
އެ ކުންފުނީގެ ޕްރޮޕޯޒަލްގައި ހިމަނާފައިވާ ކަންކަން ވެސް މިނިސްޓަރު ތަފްސީލުކޮށްދެއްވި އެވެ؛
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
