މާލެ: 31°C
2000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި

2000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި

July 14, 2024
2 ފަހަރު ބަލާފައި
2000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި

 ގަވާއިދާ ޚިލާފަށް އުޅުނު 2،000 އަށް ވުރެން ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝައްމާން ވިދާޅުވެއްޖެ އެވެ.

 ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން 2013 ބިދޭސީއަކު ވޭތުވެދިޔަ ހަތް މަސް ތެރޭގައި ފޮނުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެކި ރަށްރަށުން ސީރިއަސް މައްސަލަތަކަށް ތުހުމަތުކުރެވުނު ބިދޭސީން ވެސް ހިމެނޭ ކަމަށެވެ.

އިމިގްރޭޝަނުން މިހާރު އަންނަނީ، ގާނޫނުން މަނާކޮށްފައި ވަނިކޮށް ވެސް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރި ހިންގާ ބިދޭސީން ހުއްޓުވައި އެތަންތަން ބަންދުކުރަމުންނެވެ.

ކޮންޓްރޯލަރު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް 120 މީހަކު އަތުލައިގެންފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ