
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް ތިން މީހަކު ހޯދަން އިޢުލާންކޮށްފި
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް ތިން މީހަކު ހޯދަން އިޢުލާންކޮށްފި
ލިޔުން:
ފުލުހުން ތަހުގީގުކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ތިން މީހަކު ހާޒިރުކުރަން އިއުލާނުކޮށްފި އެވެ.
ފުލުހުންގެ ހިދުމަތުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ މީހުން ހޯދަމުންދަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.
އެ ތިން މީހުންނަކީ، ކ.ކާށިދޫ ރިވެލި، އީސާ ވަސީމް (37އ) އާއި ކ. ތުލުސްދޫ ބްލޫވޭވް، މުހައްމަދު އިސްމާއިލް (48އ) ގެ އިތުރުން ސ. ހިތަދޫ، ސްޕަންޖްގެ އަހުމަދު ހޫދު، (26އ) އެވެ.
އެ މީހުން ހާޒިރުވާން ޖެހެނީ ފުލުހުން ބުނިގޮތުގައި އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ އެންމެ ކައިރީގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށެވެ. ހާޒިރުވާން ޖެހެނީ މި މަހުގެ 21 ވަނަ ދުވަހުގެ 12:00 އަށެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް

ހއ ދިއްދޫގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
