މާލެ: 31°C
ރިއެކްްޝަން ލަސް: ޓްރަފަށް ދިން ހަމަލާ ރައީސް ޑރ. މުޢިއްޒު ކުށްވެރި ކުރައްވައިފި

ރިއެކްްޝަން ލަސް: ޓްރަފަށް ދިން ހަމަލާ ރައީސް ޑރ. މުޢިއްޒު ކުށްވެރި ކުރައްވައިފި

July 14, 2024
3 ފަހަރު ބަލާފައި
ރިއެކްްޝަން ލަސް: ޓްރަފަށް ދިން ހަމަލާ ރައީސް ޑރ. މުޢިއްޒު ކުށްވެރި ކުރައްވައިފި
އެމެރިކާގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އަވަހާރަކޮށްލަން ދިންތާ އެތައް އިރެއް ފަހުން އެ ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ. އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޓްރަމްޕަށް އިއްޔެ ބަޑީގެ ހަމަލާ ދީފައިވަނީ ޕެންސިލްވޭނިއާގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަން ހުންނަވަނިކޮށެވެ. މި ހަމަލާގައި ވަޒަން އެރީ އެމަނިކުފާނުގެ ކަންފަތަށެވެ. ޓްރަމްޕަށް ދިން ހަމަލާ ކުށްވެރިކުރައްވަމުން ރަސްމީ އެކައުންޓުން މިއަދު 'އެކްސް' ގައި މިއަދު މެންދުރު 12:18 ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މައިދާނުގައި ހަމަނުޖެެހުންތަކަށް ޖާގައެއް ނޯންނާނެ ކަމަށެވެ. ރައީސް ވަނީ ޓްރަމްޕަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފަ އެވެ.

މި ހަމަލާގައި ޓްރަމްޕް ޒަހަމްތަކެއް ލިބުނު އިރު، އެމެރިކާގެ ސީކްރެޓް ސާވިން އިން ވަނީ  މަދު ސިކުންތުުކޮޅެއްގެ ތެރޭގައި ހަމަލާ ދިން މީހާގެ ގަޔަށް ބަޑިޖަހާ މަރާލާފަ އެވެ.

މި މައްސަލަ އެމެރިކާގެ ކަމާގުޅުން ހުރި އިދާރާތަކުން ބަލަމުންދަނީ ޓްރަމްޕް އަވަހާރަކޮށްލުމަށް ދިން ހަމަލާއެއްގެ ގޮތުގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ