
މާރަންދޫ ކައުންސިލްގެ ނައިބުރައީސް، ކުއްލިގޮތަކަށް ނިޔާވެއްޖެ
މާރަންދޫ ކައުންސިލްގެ ނައިބުރައީސް، ކުއްލިގޮތަކަށް ނިޔާވެއްޖެ
ލިޔުން:
ހއ.މާރަންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަމީޒް ކުއްލިގޮތަކަށް މިރޭ ނިޔާވެއްޖެއެވެ.
ރަމީޒު ނިޔާވެފައިވަނީ ދިއްދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ. ރަމީޒު ދިއްދޫ ހޮސްޕިޓަލަށް ގެނދިޔައީ މާރަންދޫގައި ފުޓްބޯޅަ މެޗެއް ކުޅެމުންދަނިކޮށް މާބޮޑަށް ވަރުބަލިވާތީވެ މެޗުން ފޭބިފަހުން ހޮޑުލައި ހާލު ދެރަވުމާ ގުޅިގެންނެވެ.
މާރަންދޫއިން މިނިވަންއާ ވާހަކަދެއްކި މީހަކު ބުނީ ރަމީޒަކީ ސިއްހީ މައްސަލައެއް ހުންނަ މީހެއްކަން އެނގިފަ ނުވާކަމަށާއި، މެޗްތެރޭގައި އެކަމެއް ދިމާވިއިރުވެސް ބަލިވެ އުޅޭކަން އެނގިފައި ނުވާކަމަށެވެ. ރަމީޒަކީ އެމްޑީޕީއަށް ނިސްބަތްވާ އެޕާޓީގެ މެމްބަރެކެވެ. އެމްޑީޕީން ވަނީ ރަމީޒުގެ ކުއްލި ވަކިވެ ދިއުމާ ގުޅިގެން އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.
މާރަންދޫން ވާހަކަ ދެއްކި މީހަކު ބުނީ ރަމީޒަކީ މީހުންނާ ވަރަށް ގުޅޭ، ހަރަކާތްތަކުގައި ނަގާކިޔާ އިސް ހަރަކާތްތެރިއެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
