މާލެ: 31°C
އާނަންތު އަމްބާނީގެ ކައިވެނި ހަފްލާގައި ކުރީގެ ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންފި

އާނަންތު އަމްބާނީގެ ކައިވެނި ހަފްލާގައި ކުރީގެ ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންފި

July 13, 2024
2 ފަހަރު ބަލާފައި
އާނަންތު އަމްބާނީގެ ކައިވެނި ހަފްލާގައި ކުރީގެ ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެންފި
އަވައްޓެރި އިންޑިއާގެ އެންމެބޮޑު މަހުޖަނު، މުކޭޝް އަމްބާނީގެ ދަރިފުޅު އާނަންތު އަމްބާނީގެ ކައިވެނީގެ ހަފްލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންފިއެވެ. އާނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓުގެ ކައިވެނީގެ ހަފްލާގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާފައިވަނީ، އަމްބާނީގެ ފަރާތުން ލިބިވަޑައިގެންނެވި ދައުވަތެއްގައެވެ. އަމްބާނީ ވަނީ އާނަންތުގެ ކައިވެނީގެ ހަފްލާއަށް ޤައުމުތަކުގެ ކުރީގެ ރައީސުންނަށްވެސް ދައުވަތު އަރުވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދަށް ދައުވަތު ލިބިވަޑައިގެންނެވީ އެގޮތުގެ މަތިންނެވެ. ރައީސް ނަޝީދު ފިޔަވައި ރާއްޖޭގެ އެހެން ފަރާތަކަށް މި ކައިވެނި ހަފްލާއަށް ވަޑައިގަތުމަށް ދައުވަތު އެރުވިކަމެއް އަދި ސާފެއް ނުވެއެވެ. މި ހަފްލާގައި ރައީސް ނަޝީދު ބައިވެރިރިވެ ވަޑައިގެންނެވި މަންޒަރު ދައްކުވައިދޭ ބައެއް ފޮޓޯތައް ދައުރުވަމުންދާއިރު، މި ފޮޓޯތަކުގެ ތެރެއިން ބައެއް ފޮޓޯތަކުގައި ރައީސް ނަޝީދު ހުންނެވީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އަދި އިންޑިއާގެ ކުރީގެ ރައީސް ރާމް ނަތް އާއެކުއެވެ. Image އާނަންތު އާއި ރާދިކާ ކައިވެނިކޮށްފައިވަނީ، މުމްބާއީގެ ޖިއޯ ވޯލްޑް ސެންޓަރުގައި ބޭއްވި ބޮޑު ހަފުލާގަ އެވެ. ކުލަގަދަ ހަފުލާގައި އެ ދެމީހުންގެ އާއިލާގެ އިތުރުން ބައެއް ޤައ7ުމުތަކުގެ ކުރީގެ ލީޑަރުންގެ އިތުރުން ދުނިޔޭގެ މަޝްހޫރު އެތައް ބަޔަކު ބައިވެރިވި އެވެ. ބައެއް ނޫސްތަކުން ސިފަކޮށްފައިވާ ގޮތުގައި "މިއީ މިހާތަނަށް ދުނިޔޭގައި ބޭއްވި އެންމެ ބޮޑު ކައިވެނީގެ ހަފުލާ" އެވެ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން ބޭއްވި މި ކައިވެންޏާ ގުޅޭ އެކި ހަފުލާތަކަށް މިހާތަނަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ދަ ގާޑިއަން އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ