މާލެ: 31°C
އިލްމުވެރިންގެ މަހާސިންތާގައި ބައިވެރިވާން ބޭނުންތަ؟ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި

އިލްމުވެރިންގެ މަހާސިންތާގައި ބައިވެރިވާން ބޭނުންތަ؟ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި

July 13, 2024
3 ފަހަރު ބަލާފައި
އިލްމުވެރިންގެ މަހާސިންތާގައި ބައިވެރިވާން ބޭނުންތަ؟ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި
ދިވެހިރާއްޖޭގެ އިލްމުވެރީންގެ މެދުގައި ބާއްވާ 'އިލްމުވެރީންގެ މަހާސިންތާ' ގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ. އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރު މުހިންމު ހަ މަހާސިންތާއެއް ބާއްވާން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ. އެއީ އިލްމުވެރީންގެ މަހާސިންތާއަކާއި ޖަމިއްޔާތަކުގެ މަހާސިންތާއަކާއި އިމާމުންގެ މަހާސިންތާއަކާއި ޒަކާތުގެ މަހާސިންތާއަކާއި ހައްޖާއި އުމްރާގެ މަހާސިންތާއެއްގެ އިތުރުން ފަތުވާ މަހާސިންތާއެކެވެ. މި މަހާސިންތާތައް ބާއްވާ ތާރީހުތައް؛ އިލްމުވެރީންގެ މަހާސިންތާ - އޮގަސްޓް 24 ޖަމިއްޔާތަކުގެ މަހާސިންތާ - ސެެޕްޓެމްބަރު 4 އިމާމުންގެ މަހާސިންތާ - އޮކްޓޫބަރު 26 ޒަކާތުގެ މަހާސިންތާ - އޮކްޓޫބަރު ހައްޖާއި އުމްރާގެ މަހާސިންތާ - އޮކްޓޫބަރު ފަތުވާ މަހާސިންތާ - ނޮވެމްބަރު އަންނަ އޮގަސްޓު މަހުގެ 24 ވަނަ ދުވަހު ބާއްވާ އިލްމުވެރިންގެ މަހާސިންތާގެ މައުލޫއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "އިސްލާމީ އިންތަކާއި މިންތައް ހިމާޔަތް ކުރުމުގައި އިލްމުވެރީންގެ ދައުރު" މި ޝިއާރެވެ. މި މަހާސިންތާ ބޭއްވުމުގެ މަގުސަދަކީ އިލްމުވެރީންގެ މެދުގައި ހިޔާލުތަފާތުވުންތައް ކުޑަކޮށް ދީނީ ފިކުރު އެއް ގޮތްކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އިސްލާމިކް މިނިސްޓްރީން ވަނީ މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ އިލްމުވެރީންނަށް ހުޅުވާލާފަ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ވީހާވެސް ގިނަ އިލްމުވެރީންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މަހާސިންތާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަތޮޅުތަކުގައި ތިބި އިލްމުވެރީންނަށް އޮންލައިންކޮށް ބައިވެރިވެވޭނެ ގޮތަށް ކަމުގަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ