މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ހުސައިން ވަހީދުގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ކުއްޖާއަށް ހުސައިންގެ މަންމަ މައާފް ދިނުމުން އޭނާ މަރުގެ އަދަބުން ސަލާމަތްވެއްޖެ އެވެ.
ސުޕްރީމް ކޯޓުން ހުކުމް ކުރި މި މައްސަލައަކީ، 2013 ވަނަ އަހަރު ހުސެއިން ވަހީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި އޭރު ހައްޔަރު ކުރި 18 އަހަރު ނުވާ ދެ ކުދިންނަށް މަރުގެ އަދަބު ދިނުމަށް ހައިކޯޓުން ތާއީދު ކުރި މައްސަލަ އެކެވެ. ޒުވާން އުމުރުގައި ތިބި، އެ މީހުން ކުށް ކުރިއިރު އެއީ 18 އަހަރު ނުވާ ބައެއްކަމުން ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އެ މީހުންގެ އެއްވެސް މައުލޫމާތެއް އާންމު ނުކުރެވޭނެ އެވެ. ކުށަކީ 18 އަހަރުވުމުގެ ކުރިޔަށް، ހިންގި އަމަލަކަށް ވާނަމަ ގާނޫނު ބުނާ ގޮތުން އުމުރު ހަމަވުމަށް ފަހު ވެސް މަރުގެ އަދަބު ނުދެވޭނެ އެވެ. އެކަމަކު މަރު ހުކުމް ދެ މީހުންގެ މައްޗަށް އިއްވިއިރު ކުޑަކުދިންގެ އަދަލުގެ ގާނޫނަށް އަމަލު ކުރަން ފަށާފައި ނުވެ އެވެ. މި މައްސަލައިގައި އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ، މައްސަލަ ކޯޓުގައި އޮއްވައި ކުށް ކުރި މީހާއަށް މައާފު ދޭން ބޭނުންވާކަމަށް ހުސެއިން ވަހީދުގެ މަންމަ 2022 ވަނަ އަހަރު ސިޓީއެއް ފޮނުވާފައިވާކަމަށެވެ. އަދި އޭނާގެ ދަރިފުޅުގެ މަރާލި މައްސަލައިގައި ހިމެނޭ އެ މީހާ، މައާފަށް އެދިފައިވާކަމަށް ސިޓީގައި ލިޔެފައިވާކަމަށް ހުކުމުގައި ވެއެވެ. އިސްލާމްދީނުގައި ގިސާސް ހިފޭނީ، މަރާލެވުނު މީހާގެ ހުރިހާ ވާރިސުން ގާތިލުގެ ކިބައިން ގިސާސް ހިފަން ބޭނުންވެގެންކަމަށްވާއިރު އިސްތިއުނާފު ކުރި ކުއްޖާގެ ކިބައިން ގިސާސް ހިފުމަށް ހުސެއިން ވަހީދުގެ މަންމަ މިހާރު ބޭނުން ނުވާކަމަށް ސިޓީގައިވާކަމަށް ހުކުމުގައި ވެއެވެ. އެކަން ފާހަގަކޮށް ސިޓީގައި އެދިފައި ވަނީ، މަރުގެ ހުކުމުގުގެ ބައި ބާތިލުކޮށްދިނުމަށެވެ. އަދި އޭނާއަށް މައާފު ކުރީ އަމިއްލަ އިހުތިޔާރުގައިކަމަށާއި، ޝަރީއަތަށް ހާޒިރުވެ ބަހެއް ބޭނުންވާ ހާލަތުގައި ހާޒިރުވާނެކަމަށް ވެސް ހުކުމުގައި ވެއެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ އިސްލާމީ ޝަރީއަތުގެ ދަށުން އެ ހާލަތުގައި މަރުގެ އަދަބު ނުދެވޭނެކަމަށެވެ. މައްސަލައިގެ އިސްތިއުނާފުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން، ބުނީ ހައިކޯޓުން ޖުވެނައިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައި އޮތް ނަމަވެސް އިސްތިއުނާފު ކުރާ ފަރާތަކަށް ކަނޑައެޅިފައިވާ އުގޫބާތަކީ މިހާރު އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް ތަންފީޒު ކުރެވޭނެ އުގޫބާތެއް ނޫންކަމަށެވެ. ހުކުމުގައި ވަނީ މަރުގެ މައްސަލަތަކުގައި މައާފު ކުރުމަކީ، މަރުވި މީހާގެ ވާރިސުންގެ ހައްގެއްކަމަށެވެ. އަދ ގާތިލަށް މައާފު ކުރުމުގެ ހައްގުގެ ބޭނުން ހިފައި، މަރުވި މީހާގެ ވާރިސުންގެ ތެރެއިން އެންމެ މީހަކު ނަމަވެސް ގާތިލަށް މައާފުދީފި ނަމަ ގާތިލުގެ ކިބައިން ގިސާސް ނުހިފޭނެކަމަށް ހުކުމުގައި ވެއެވެ.
މަންމައެއްގެ ދީލަތި މަޢާފު ގާތިލަށް، މަރުގެ ހުކުމުން ސަލާމަތްވެއްޖެ
މަންމައެއްގެ ދީލަތި މަޢާފު ގާތިލަށް، މަރުގެ ހުކުމުން ސަލާމަތްވެއްޖެ
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
