މާލެ: 31°C
ޝަމްނާޒް ފުލުހުންގެ ބަންދުން ދޫކޮށްލައިފި

ޝަމްނާޒް ފުލުހުންގެ ބަންދުން ދޫކޮށްލައިފި

July 13, 2024
2 ފަހަރު ބަލާފައި
ޝަމްނާޒް ފުލުހުންގެ ބަންދުން ދޫކޮށްލައިފި
ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ މިއަދު ބަންދުން ދޫކޮށްލައިފި އެވެ. އިތުރު ދެ މީހެއްގެ ބައިވެރިވުމާއިއެކު ޝަމްނާޒް ސިހުރު ހެދިކަމަށް ބުނެ ފުލުހުންގެ އިދާރާއަށް މައްސަލައެއް ހުށަހަޅައި މިމައްސަލައިގައި އެ ތިން މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 23 ގަ އެވެ. އެ ތިން މީހުންގެ ބަންދަށް އޭރު ހަތް ދުވަސް ޖެހި އެވެ. އެ މުއްދަތު ހަމަވުމުން އޭގެ ތެރެއިން އެކަކު ބަންދުން ދޫކޮށްލި އެވެ. އަދި ޝަމްނާޒާއި އޭނާއާއި އެކު ހައްުޔަރުގައި ހުރި މީހާގެ ބަންދަށް މި މަހުގެ 1 ވަނަ ދުވަހު އިތުރު 7 ދުވަސް ދިނެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން މިއަދު ވަނީ ދޫކޮށްލާފަ އެވެ. އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތަފްސީލް ހާމަނުކޮށް ފުލުހުން މިއަދު މީޑީއާތަކަށް ފޮނުވި މެސެއްގައި ބުނީ "40 އަހަރުގެ އަންހެން މީހާއާއި 26 އަހަރުގެ އަންހެން މީހާ" ފުލުހުންގެ ބަންދުން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. ފުލުހުން ބުނިގޮތުގައި އެ މީހުން ދޫކޮށްލީ، ބަންދުގައި އިތުރަށް ބަހައްޓަން ނުފެންނާތީ އެވެ. އެ މުއައްސަސާއިން ދަނީ އަދިވެސް މި މައްސަލަ ތަހުގީގުކުރަމުން ނެވެ. ޝަމްނާާޒް ސިހުރު ހެދީ ރައީސް ޑރ. މުހަައްމަދު މުއިއްޒުގެ އަރިހުގައި މަސައްކަތް ކުރުމަށް ހިތް ޖެއްސުމަށް ކަމަށް ވާހަކަ ދެކެވެ އެވެ. އެހެން ނަމަވެސް ސިހުރު ހަދަން ފެށީ ކޮން ދުވަސްވަރެއްގައި ކަމެއް ސާފެއް ނުވެ އެވެ. މި ކަމުގައި ޝަމްނާޒްއާއެކު ބައިވެރިވި ދެ މީހުންގެ ތަފްސީލެއް އަދި ނޭނގެ އެވެ. އެހެންނަމަވެސް ޝަމްނާޒުގެ އާއިލީ މެމްބަރަކު މީގައި ހިމެނޭކަމަށްވެ އެވެ. ޝަމްނާޒް އާއި އޭނާގެ ކުރީގެ ފިރިކަލުން އާދަމް ރަމީޒުވެސް މިހާރު ތިއްބެވީ ސަސްޕެންޝަންގަ އެވެ. ރަމީޒު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގަ އެވެ. މި ދެބޭފުޅުންނަކީ ކުރިން މާލެ ސިޓީ ކައުންސިލްގައި ރައީސް މުއިއްޒު މޭޔަރުގެ ގޮތުގައި ހުންނެވިއިރު އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ދެބޭފުޅުންނެވެ. ރަމީޒު އާއި ޝަމްނާޒު ވަރިވީ މިދިޔަ ޖޫން މަހު އެވެ. ޝަމްނާޒް ރައީސަށް ސިހުރު ހެދިކަމުގެ ވާހަކަ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފަ އެވެ. އިންޑިއާ އާއި ޕާކިސްތާނުގެ އިތުރުން އެހެނިހެން ގައުމުތަކުގެ މީޑިއާތަކުންވެސް މިހަބަރު ވަނީ ގެނަސްދީފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ