މާލެ: 31°C
ކެރެލާގައި ނުރައްކާތެރި ބައްޔެއް ފެތުރޭތީ ދިވެހިން ސަމާލުވުމަށް އެދިއްޖެ

ކެރެލާގައި ނުރައްކާތެރި ބައްޔެއް ފެތުރޭތީ ދިވެހިން ސަމާލުވުމަށް އެދިއްޖެ

July 13, 2024
2 ފަހަރު ބަލާފައި
ކެރެލާގައި ނުރައްކާތެރި ބައްޔެއް ފެތުރޭތީ ދިވެހިން ސަމާލުވުމަށް އެދިއްޖެ
އިންޑިއާގެ ކެރެލާ ސްޓޭޓްގައި ނުރައްކާތެރި ބައްޔެއް ފެތުރެމުންދާތީވެ، އެކަމަށް ދިވެހިން ސަމާލުވުމަށް ކެރެލާގައި ހުންނަ ދިވެހި ކޮންސިއުލޭޓު އޮފީހުން ބުނެފިއެވެ. ކެރެލާ ސްޓޭޓްގައި ހުންނަ ދިވެހި ކޮންސިއުލޭޓް އޮފީހުން ކުރި އިލްތިމާސެއްގައި ބުނެފައިވަނީ، ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް މި ދުވަސްވަރު ފެތުރެމުންދާތީވެ، ކެރެލާގައި އުޅޭ ދިވެހިންނާއި އަދި އެތަނަށް ދަތުރުކުރާ ދިވެހިން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭކަމަށެވެ. ދިވެހި ކޮންސިއުލޭޓް އޮފީހުން ބުނީ، ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއްކަމަށްވާ "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ކެރެލާގައި ފެތުރެމުންދާކަމަށް ކެރެލާގެ ޞިއްޙަތާ ބެހޭ އިދާރާއިން އަންގާފައިވާކަމަށެވެ. މިގޮތުން މި ބައްޔަކީ ކަންފަތާއި ނޭފަތުން ހަށިގަނޑުގެ ތެރެއަށް ޖަރާސީމު ވަދެގެންދާ ބައްޔަކަށްވާތީވެ، މިދުވަސްވަރު، ކޯރުފަދަ ތަންތަނަށް ނޭރުމަށް ކޮންސިއުލޭޓުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސްވިމިން ޕޫލަށް އެރޭނަމަވެސް، ކަންފަތަށާއުި ނޭފަތަށް ފެން ނުވަންނާނެހެން އިޔާބަޑް ފަދަ ތަކެތި ބޭނުންކުރުމަށް ވަނީ ލަފާދީފައެވެ. ކެރެލާ ސްޓޭޓަކީ އިންޑިއާގެ ސިޓީތަކުގެ ތެރެއިން ދިވެހިން އާއްމުކޮށް ގޮސް އުޅޭ ސިޓީއެކެވެ. ބޭސްފަރުވާގެ ކަންކަމަށާއި، ޗުއްޓީ ހޭދަކުރުމަށް ކޮންމެ އަހަރަކުވެސް ވަރަށް ގިނަ އަދަދެއްގެ ދިވެހިން ކެރެލާއަށް ގޮސް އުޅެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ