
އެސްޓީއޯގެ އަހަރީ އާއްމުޖަލްސާ: ހިއްސާގެ ފައިދާގެ ގޮތުގައި 80 ރުފިޔާ ބަހަން ނިންމައިފި
އެސްޓީއޯގެ އަހަރީ އާއްމުޖަލްސާ: ހިއްސާގެ ފައިދާގެ ގޮތުގައި 80 ރުފިޔާ ބަހަން ނިންމައިފި
ލިޔުން:
އެސްޓީއޯގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ނިންމައިފިއެވެ.
އެސްޓީއޯއިން 2023 ވަނަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ނިންމާފައިވަނީ، ހުޅުލޭގައި ހުންނަ ނޫވިލު ސީޕްލޭން ޓާމިނަލްގައި ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައެވެ. ރޭގެ ޖަލްސާގައި 189 ހިއްސާދާރުން ހާޒިރުވިއިރު، ހިއްސާއަކަށް 80ރ. ބެހުމަށް ފާސްވީ ޖަލްސާގައި ބައިވެރިވި މީހުންގެ 99 އިންސައްތަ ވޯޓު ލިބިގެންނެވެ. އެސްޓީއޯއިން މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ ހިއްސާއަކަށް 77 ރުފިޔާއެވެ.
ރޭގެ ޖަލްސާގައި އެސްޓީއޯގެ އެކްސްޓަރނަލް އޮޑިޓަރަކަށް ޑެލޮއިޓް ހަމަޖައްސާފައިވާއިރު، އުޖޫރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ، 65،500 ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ، 1،002،300 ރުފިޔާއެވެ. އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުންގެ ފަރާތުން ތަމްސީލްކުރާނޭ ޑިރެކްޓަރަކަށް އައްޔަނުކޮށްފައިވަނީ، މުހައްމަދު އަހުސަން ސަލީމެވެ.
[caption id="" align="alignnone" width="944"]
އެސްޓީއޯގެ 2023 ވަނަ އަހަރީ އާއްމު ޖަލްސާގެ ތެރެއިން... ފޮޓޯ/ އެސްޓީއޯ[/caption]
ޓެކްސްއަށް ކެނޑުމަށްފަހު 2023 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ އެކުންފުންނަށް ވަނީ ލިބިފައެވެ. މިއީ އެސްޓީއޯގެ ތާރީހިގައިވެސް ރެކޯޑް އަދަދެކެވެ. އެސްޓީއަށް 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ، އެންމެ 728 މިލިއަން ރުފިޔާއެވެ. މިއާއެކު މިއަހަރު ކުންފުނިން ވަނީ 12 އިންސައްތަ ކުރިއެރުމެއް ހޯދާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
