މާލެ: 31°C
ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ މާތްﷲ ފުއްސަވައިދެއްވާނެ އަމަލެއް: ހުތުބާ

ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ މާތްﷲ ފުއްސަވައިދެއްވާނެ އަމަލެއް: ހުތުބާ

July 12, 2024
2 ފަހަރު ބަލާފައި
ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ މާތްﷲ ފުއްސަވައިދެއްވާނެ އަމަލެއް: ހުތުބާ
ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުށްފާފަތައް މާތްﷲ ފުއްސަވައިދެއްވާނެ އަމަލެއް ކަމުގައި ހުތުބާގައި ބުނެފިއެވެ. މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ "ޢާޝޫރާ ދުވަހުގެ މާތްކަން" މި މައުޟޫގެ މައްޗަށެވެ. ހުތުބާގައި ބުނީ މުހައްރަމް މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ  ހެޔޮކަމާއި، ޒިކުރުތަކާއި، ފިލާވަޅިތަކުން ފުރިގެންވާ ދުވަހެއް ކަމަށާއި އެ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި، ފިރުއައުނާއި އޭނާގެ ލަޝްކަރު ޣަރަގުކުރެއްވި ދުވަސް ކަމަށެވެ. މޫސާގެފާނުގެ ހާދިސާގައި ހުތުބާގައި ބަޔާންކޮށް ބުނެފައިވަނީ، މިފަދަ ހާދިސާތަކުން އެނގެނީ، މުސީބާތްތަކުން ސަލާމަތް ވެވޭނީ، އިމާންކަމާއި އިސްލާމްކަމުން ކަމާއި އާހިތަރުގައި ނަސްރާއި ނަސީބު ލިބުމުގެ މަގަކީ ވެސް އެއީ ކަމަށެވެ. "މާތްﷲ އަށް އިތުބާރުކޮށް، އެކަލާނގެ ހަޟްރަތަށް ރުޖޫއަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަ؛ލާމަތެއް ނެތްކަމެވެ." ހުތުބާގައި ބުނެފައިވެއެވެ. ހުތުބާގައި ބުނީ ފިރުއައުނު ޣަރަގުކުރެއްވި ހާދިސާއިން އެނގެނީ މާތްﷲ އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ އަޒާބުން އަޒާބުދެއްވައި، ނެތިކުރައްވާނެ ކަމަށެވެ. އަދި އެމީހުންނަށް އެ ކަމުގައި ކާމިޔާބު ނުލިބޭނެ ކަމާއި އަހަރެމެން ފަސާދައާއި ދެކޮޅަށް ތެދުވާންޖެހޭ ކަމަށެވެ. ހަމައެހެންމެ، މާތްﷲ އަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް އިއްޒަތާއި، ޝަރަފާއި ގަދަރު ދެއްވާނެ ކަމެވެ. މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "އަދި ތިމަންރަސްކަނލާގެ އިރާދާކުރައްވަނީ، ބިމުގައި ދެރަވެ ނިކަމެތިވީ މީހުންނަށް މީހުންނަށް ނިއުމަތް ދެއްވުމަށެވެ. އަދި (ފިރުއަނުގެ ވެރިން) ވާރުތަވަނިވި މީހުން ކަމުގައި އެއުރެން ލެއްވުމަށެވެ. އަދި ބިމުގައި ތިމަންރަސްކަނލާގެ އެއުރެންނަށް ވެރިކަން ދެއްވުމަށެވެ. އަދި ފިރުއައުނާއި ހާމާނާއި، އެދެމީހުންގެ ލަޝްކަރަށް އެއުރެން ބިރުގަންނަ ކަންތައްތައް، އެ ނިކަމެތި މީހުންގެ ފަރާތުން ދެއްކެވުމަށްޓަކައެވެ." ހުތުބާގައި ވަނީ ރަމަޟާން މަހަށްފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުހައްރަމް މަސް ކަން ފާހަކޮށް، އެމަހުގެ މާތްކަމާއި ޝަރަފުވެރިކަން ބާޔާންކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ