މާލެ: 31°C
ރޭ ތިން ސްޕާއެއް ބަލައި ފާސްކޮށް، އަންހެނަކު އަތުލައިގެންފި

ރޭ ތިން ސްޕާއެއް ބަލައި ފާސްކޮށް، އަންހެނަކު އަތުލައިގެންފި

July 12, 2024
2 ފަހަރު ބަލާފައި
ރޭ ތިން ސްޕާއެއް ބަލައި ފާސްކޮށް، އަންހެނަކު އަތުލައިގެންފި
ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ސްޕާތައް ބަލައި ފާސްކޮށް އަންހެނަކު އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ރޭ ބުނެފިއެވެ. އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ސައްހަ ވިސާއެއް ނެތި ސްޕާތަކުގައި މަސައްކަތް ކުރާ ބިދޭސީންނަށް ހާއްސަކޮށްގެން، ރޭ ތިން ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ސައްހަ ވިސާ ނެތް ބިދޭސީ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އިމިގްރޭޝަނާއި ފުލުހުންނާއި ކަމާއި ގުޅުން ހުރި އިދާރާތައް ގުޅިގެން ގަވާއިދާއި ހިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ ތަންތަން ބަލާ ފާސްކޮށް، ބިދޭސީންގެ މިފަދަ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން، މިދިޔަ މަހުގެ ފަހުކޮޅު ފެށި މި އޮޕަރޭޝަންގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން އަތުލައިގެނެފައިވާއިރު، މި މީހުން މިހާރު ތިބީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައެވެ. ރާއްޖޭގައި ފިހާރަތަކުގައި އާއި ގޮޅިތަކުގައި އަދި އެހެނިހެން ވެސް ވިޔާފަރިތަކުގައި ސޭޓުންނަށް ބިދޭސީން ތިބުމަކީ މަނާކަމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ