މާލެ: 31°C
ޑިސެމްބަރުގެ ކުރިން ޝަންގްރިއްލާ ރިސޯޓް އޮޕަރޭޝަނަށް ގެންނާނަން: ފައިސަލް

ޑިސެމްބަރުގެ ކުރިން ޝަންގްރިއްލާ ރިސޯޓް އޮޕަރޭޝަނަށް ގެންނާނަން: ފައިސަލް

July 11, 2024
2 ފަހަރު ބަލާފައި
ޑިސެމްބަރުގެ ކުރިން ޝަންގްރިއްލާ ރިސޯޓް އޮޕަރޭޝަނަށް ގެންނާނަން: ފައިސަލް
މިއަހަރުގެ ޑިސެމްބަރުމަހުގެ ކުރިން އައްޑޫ ސިޓީ ސަންގްރިއްލާ ރިސޯޓް ހުޅުވޭވަރު ކުރާނޭކަމަށް ޓޫރިޒަމް މިނިސްޓަރު  އިބްރާޙީމް ފައިސަލް ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ހަރުގެ ޖަގަހައިގައި މިރޭ ވާހަކަދައްކަމުން ފައިސަލް ވިދާޅުވީ، އައްޑޫ ސިޓީގައި ތަރައްޤީކޮށްފައިވާ އަދި އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދާ ގުޅިފައިވާ އެންމެ ބޮޑު ރިސޯޓު، ޝަންގްރިއްލާ އަލުން އޮޕަރޭޝަނަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ކެމްޕެއިނުތެރޭގައި ވިދާޅުވިގޮތަށް ވަރަށް ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ. ޝަންގްރިއްލާ ރިސޯޓް ހުޅުވުމަށް ޓޫރިޒަމް މިނިސްޓްރީން މިހާރުވެސް މަސައްކަތްކުރަމުން އަންނަ ކަމަށާއި އުއްމީދުކުރަނީ، ރައީސް ޑރ.މުހައްމަދު މުއިއްޒު ޑިސެމްބަރުމަހު އައްޑޫ ސިޓީއަށް ވަޑައިގަތުމުގެ ކުރިން އެރަށް އޮޕަރޭޝަނަށް ގެނައުންކަމަށް ފައިސަލް ވިދާޅުވިއެވެ.' ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުމަށް އެތަނުގެ މެނޭޖްމަންޓާ ވަރަށްފަހުންވެސް މަޝްވަރާތައް ކުރިއަށްގެންގޮސްފައިވާކަން ފާހަގަކުރައްވަމުން، ފައިސަލް ވިދާޅުވީ ރިސޯޓް ހުޅުވުމަށް ސަރުކާރުގެ ފަރާތުން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނޭކަމަށެވެ. އައްޑޫސިޓީއަށް ބޭރުގެ އެއާލައިންތަކުން އުދުހުންތައް ބޭއްވުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ޗައިނާގެ އީސްޓަރން އެއާލައިނާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާކަން މިނިސްޓަރު ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން މިއަހަރުގެ ފަހުކޮޅު ޗައިނާ އީސްޓަރން އެއާލައިނުގެ ދަތުރުތައް ދެކުނަށް ފެށިގެންދާނޭކަމުގެ އުއްމީދު ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް މިރޭ ވިދާޅުވިއެވެ. އިތުރު ތަފްސީލް އަންނަނީ...

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ