މާލެ: 31°C
ސްކޭމަކަށްފަހު ސްކޭމެއް. މިފަހަރު ފޭރިގަތީ 1.9 މިލިއަން ރުފިޔާ

ސްކޭމަކަށްފަހު ސްކޭމެއް. މިފަހަރު ފޭރިގަތީ 1.9 މިލިއަން ރުފިޔާ

July 11, 2024
3 ފަހަރު ބަލާފައި
ސްކޭމަކަށްފަހު ސްކޭމެއް. މިފަހަރު ފޭރިގަތީ 1.9 މިލިއަން ރުފިޔާ
އޮޅުވާލައިގެން މީހެއްގެ އެކައުންޓުންނާއި އޭނާ ހިއްސާވާ ކުންފުނީގެ އެކައުންޓުން ޖުމްލަ 1.9 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައެއް ފުލުހުން ތަހްގީގްކުރަން ފަށައިފިއެވެ. ސްކޭމް ތަކާ ގުޅޭގޮތުން ފުލުހުން މިހާރު ބަލަމުންދާ މައްސަލަތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ، އެކެއްގެ އެކައުންޓުން 5 ލައްކައަށްވުރެ ގިނަ ރުފިޔާ އަދި އަނެކެއްގެ އެކައުންޓުންނާއި އޭނާ ހިއްސާވާ ކުންފުނީގެ އެކައުންޓުން އޮޅުވާލައިގެން 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަތް މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. މީގެ ތެރެއިން 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވަނީ އޮޅުވާލައިގެން މުދާ ސަޕްލައިކުރުމުގެ ނަމުގައެވެ. ފުލުހުން ބުނީ ޖޫންމަހުގެ 24 ވަނަ ދުވަހު ރިޕޯޓްކުރި މި މައްސަލައިގައި މީހާގެ އެކައުންޓުން 25،000 ރުފިޔާ އާއި އޭނާ ހިއްސާވާ ކުންފުނީގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ އޮޅުވާލައިގެން ނަގާފައިވާކަމަށެވެ. މި މުއާލާތް ހިންގާފައިވަނީ ރަސްމާލެ ޕްރޮޖެކްޓަކަށް މުދާ ސަޕްލައިކުރުމަށްކަމަށް ބުނެއެވެ. މިގޮތުން މި ފައިސާ ފޭރިގަނެފައިވަނީ، މުދާ ސަޕްލައިކުރުމަށް ކުރި މުއާމަލާތުގެ ތެރެއިން ވެންޑަރ ރަޖިސްޓްރީކުރުމަށް އީމެއިލްގެ މައުލޫމާތު ހޯދައިގެން، އިންޓަރނެޓް ބޭންކިންއަށް ވަދެގެން ކަމަށްވެސް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ބަލަންފެށި ހިސާބުން 5 ލައްކަ ރުފިޔާ ހޯދިފައިވާކަމަށާއި އެ ފައިސާ ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ފުލުހުން ބުނެއެވެ. ސްކޭމްގެ ދެވަނަ މައްސަލަ ކަަށްވާ މީހެއްގެ އެކައުންޓުްނ 5 ލައްކައަށްވުތެ ގިނަ ރުފިޔާ ފޭރިގަނެފައިވަނީ ފްލެޓެއް ލިބުނު ކަމަށްބުނެ އޮޅުވާލައިގެން ކުރި މުއާމަލާތުގެ ތެރެއިންނެވެ. މި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ ފެބުރުއަރީމަހުގެ 12 ވަނަ ދުވަހު ނަމްބަރަކުން ގުޅައިގެންނެވެ. މި މުއާމަލާތުގެ ތެރެއިން އެމީހާގެ އެކައުންޓުންނާއި އޭނާ ހިއްސާވާ ޖަމިއްޔާއިން ޖުމްލަ 5،86000 ވުރެ ގިނަ ރުފިޔާ ވަނީ އޮޅުވާލައިގެން ނަގާފައެވެ. މި ހާދިސާގައި ފުލުހުން މީހަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ދަނީ މި ހާދިސާވެސް ތަހުގީގްކުރަމުންނެވެ. މާފުށީ ގަލުގައި ތިބޭ ޤައިދީން މިފަދަ ސްކޭމުތައް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އެ ސްކޭމްތައް ހިންގަނީ ޖަލުންކަން ދަންނަވަން އަދި ދަތިކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ