މާލެ: 31°C
އެމްއެމްޕީއާރްސީގެ ޗެއާޕަސަން ކަމަށް އަބްދުﷲ ގިޔާސް އައްޔަންކޮށްފި

އެމްއެމްޕީއާރްސީގެ ޗެއާޕަސަން ކަމަށް އަބްދުﷲ ގިޔާސް އައްޔަންކޮށްފި

July 11, 2024
3 ފަހަރު ބަލާފައި
އެމްއެމްޕީއާރްސީގެ ޗެއާޕަސަން ކަމަށް އަބްދުﷲ ގިޔާސް އައްޔަންކޮށްފި
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ އެމްއެމްޕީއާރްސީގެ ޗެއާޕަސަން ކަމަށް އަބްދުﷲ ގިޔާސް އައްޔަންކޮށްފި އެވެ. އެމްއެމްޕީއާރްސީގެ ޗެއާޕަސަންގެ މަގާމަށް ގިޔާސް އައްޔަންކޮށްފައިވަނީ މިއަދުގެ ވަގުތެއްގައިކަން އޭނާ ވަނީ ޔަގީންކޮށްދީފަ އެވެ. ގިޔާސް އަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ރައީސް އެވެ. އަދި އިނަ މޯލްޑިވްސްގެ ޑީއެމްޑީވެސްމެ އެވެ. އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގް އަކީ ގިޔާސްގެ ބޭބެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގިޔާސް ވަނީ އެމްއެމްއޭ ބޯޑު މެންބަރުކަންވެސް ކޮށްފަ އެވެ. އެމްއެމްޕީއާރްސީގެ ޗެއާޕަސަން ކަމަށް ގިޔާސް އައްޔަންކޮށްފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހު އިސްތިއުފާ ދެއްވުމުންނެވެ. ނޫރައިން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ