މާލެ: 31°C
ގަވާއިދާ ހިލާފަށް ކުދި ވިޔަފާރި ހިންގަމުންދިޔަ ތިން ތަނަކުން ހަތަރު މީހަކު އަތުލައިގެންފި

ގަވާއިދާ ހިލާފަށް ކުދި ވިޔަފާރި ހިންގަމުންދިޔަ ތިން ތަނަކުން ހަތަރު މީހަކު އަތުލައިގެންފި

July 11, 2024
2 ފަހަރު ބަލާފައި
ގަވާއިދާ ހިލާފަށް ކުދި ވިޔަފާރި ހިންގަމުންދިޔަ ތިން ތަނަކުން ހަތަރު މީހަކު އަތުލައިގެންފި
ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ތިން ތަނަކުން ހަތަރު މީހަކު ރޭ އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. އިމިގްރޭޝަނުން "އެކްސް" ގައި ކުރި ފޯސްޓެއްގައި ބުނީ، ރޭ ވެސް މާލެ ސަރަހައްދުގައި ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ ތިން ތަނެއް ބަލައި ފާސްކޮށް، ބިދޭސީ ފިރިހެނަކާއި ތިން އަންހެނެއް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަަމަށެވެ. "މިފަދަ ވިޔަފާރިތައް ހިންގަމުންދާ ބިދޭސީންނަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އަޅައި، މި ރެއިޑްތައް ހުއްޓުމެއްނެތި އަދިވެސް ކުރިއަށްދާނެ،" އިމިގްރޭޝަނުން ބުނެފައިވެއެވެ. https://twitter.com/ImmigrationMV/status/1811114128528003099 އިމިގްރޭޝަނުން އާއްމުކޮށްފައިވާ ފޮޓޯތަކުން އެ މީހުން އެ ފިހާރަ ތެރޭގައި ހަރަކާތްތެރިވާ މަންޒަރު ފެނިގެންދެއެވެ. އިމިގްރޭޝަނާއި ފުލުހުންނާއި ކަމާއި ގުޅުން ހުރި އިދާރާތައް ގުޅިގެން ގަވާއިދާއި ހިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ ތަންތަން ބަލާ ފާސްކޮށް، ބިދޭސީންގެ މިފަދަ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން، މިދިޔަ މަހުގެ ފަހުކޮޅު ފެށި މި އޮޕަރޭޝަންގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން އަތުލައިގެނެފައިވާއިރު، މި މީހުން މިހާރު ތިބީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައެވެ. ރާއްޖޭގައި ފިހާރަތަކުގައި އާއި ގޮޅިތަކުގައި އަދި އެހެނިހެން ވެސް ވިޔާފަރިތަކުގައި ސޭޓުންނަށް ބިދޭސީން ތިބުމަކީ މަނާކަމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ