
ނެދަލެންޑްސް ނަސީބުދެރަ، އިނގިރޭސިން ފައިނަލަށް
ނެދަލެންޑްސް ނަސީބުދެރަ، އިނގިރޭސިން ފައިނަލަށް
ލިޔުން:
ފަހު ސިކުންތުގައި ނެދަލެންޑްސް ރޮއްވާލުމަށްފަހު އިންގްލެންޑުން ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ
ރޭ ކުޅުނު ޔޫރޯ 2024 ގެ ސެމީ ފައިނަލް މެޗު އިންގްލެންޑުން ނެދަލެންޑްސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން އިންގްލެންޑު ރަނގަޅަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް މެޗުގެ ހަތްވަނަ މިނެޓުގައި ނެދަލެންޑްސްއިން ވަނީ ގޯލެއްޖަހައިފައެވެ. އޭރިއާ ބޭރުން ނެދަލެންޑްސްގެ ޒުވާން ފޯވާޑް، ޒަވީ ސައިމޮންސް ފޮނޔލުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ހާފު ތެރެއިން އިންގްލެންޑުގެ ހެރީ ކޭންއަަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން އެ ޓީމުން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ހަމަޖެހިލައިފައި އެ ޕެނަލްޓީ ޖެހީ ވެސް ކޭންއެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ނެދަލެންޑްސްއިން. ވަނީ ގޯލެއްޖެހުމާ ވަރަަށް ގާތަަށް ޖެހިލައިފައެވެ. ސައިމޮންންސް ނެގި ކޯނަރަކަށް އަރައި ބޮލުން ޑެންޒެލް ޑަމްފްރައިސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.
އޭގެ ދެ މިނެޓު ފަހުން އިންގްލެންޑުގެ ފިލް ފޯޑެން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ ފުރިހަމަވަގުތުގެ އެންމެ ފަހު މިނެޓުގައި އިންގްލެންޑުން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކިތް ކޯލް ޕާމާ ދިން ޕާހަކުން އެ ގޯލު ޖެހީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އޮލީ ވަޓްކިންސްއެވެ.
މިރޭގެ މެޗުން މޮޅުވެ ޖެހިޖެހިިގެން ދެވަނަ ފަހަރަށް ޔޫރޯ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ފައިނަލުގައި އެ ޓީމު ވާދަކުރަން ޖެހޭނީ ސްޕެއިންއާއެވެ. ސްޕެއިން ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީ މެޗުގައި ފްރާންސް ބަލިކޮށްގެންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
