
އެއާ ސާވިސް ކޮންގްރެސްގެ ސަބަބުން ވީއައިއޭގެ ވިޔަފާރިއަށް ފަހިކަން ލިބޭނެ: ޝަރީފް
އެއާ ސާވިސް ކޮންގްރެސްގެ ސަބަބުން ވީއައިއޭގެ ވިޔަފާރިއަށް ފަހިކަން ލިބޭނެ: ޝަރީފް
ލިޔުން:
އެއާރ ސާވިސް ކޮންގްރެސް ބާއްވާ ވަގުތަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އުމްރާނީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަމުން ދާ ދަނޑިވަޅެއްކަމުން ހިދުމަތް ފުޅާކޮށް ތަރަައްގީ ކުރުމުގައި ބޮޑު އެހީއެއް ލިބިގެން ދާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެއާ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުން ބަދަހި ކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. މިއީ މި ކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ. މި ކޮންގްރެސްއާއެކު، މިހާރު ތަރައްޤީވަމުން އަންނަ ރާއްޖޭގެ ވައިގެ ސިނާއަތަށް މުހިންމު ގިނަ ކަންތައްތައް މަގުފަހި ވެގެން ދާނެއެވެ.
ޖުމްލަ 27 އެއާލައިން އަދި 17 އެއާޕޯޓްއާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން މި ކޮންގްރެސްގައި ބައިވެރި ވުމަށް ވަނީ ހަމަޖެހިފައެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ އެކި ހަރަކާތްތައް 3 ރިސޯޓެއްގައި ކުރިއަށް ގެންދާނެއެވެ.
އެއާ ސާވިސް ކޮންގްރެސް ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، ވީއައިއޭގެ މެގަ ޕްރޮޖެކްޓު ނިމުމާއެކު އެއް ފަހަރާ ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ. އަދި އެއާޕޯޓުގެ ގިނަ މަޝްރޫއުތަކެއް މިވަގުތު ކުރިޔަށް ދާއިރު، ކޮންގްރެސްގެ ސަބަބުން އިންޑަސްޓްރީއަށް ބޮޑެތި ކުރިއެެރުންތައް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ. މި ހަރަކާތުގެ ތެރެއިން، ވިޔަފާރީގެ ފުރުސަތުތައް ހޯދުމަށް މަގުފަހިވެގެން ދާނެކަމަށް ޝަރީފް ވިދާޅުވި އެވެ.
އިގްތިސާދުގެ މައި ހަބަކަށް އެއާޕޯޓު ހެދުމަށް ކުރާ މަސަައްކަތަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ވެސް މި މަޝްރޫއުތަކާއި ގުޅިފައިވާކަމަށެވެ. އެހެންކަމުން، އެއާޕޯޓުގެ ހިދުމަތްތައް އެއް ހަމައެއްގައި ފަސިންޖަރުންނަށް ދެވިގެން ދާނެކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެއަރ ސާރވިސް ވޯލްޑް ކޮންގްރެސް ފަދަ ބައިނަލް އަގުވާމީ ބޮޑު އިންވެންޓެއް ބޭއްވުމުގެ މުހިއްމުކަން ޝަރީފް ވަނީ ފާހަގަކުރައްވާފަ އެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސްއާއި އެކު ރާއްޖޭގެ ކުރިއަރަމުން އަންނަ ވައިގެ ސިނާއަތާއި ގުޅޭ މައުލޫމާތު މި ސިނާއަތުގައި މަސައްކަތް ކުރާ އެހެންގަައުމުތަކުގެ އިސްފަރާތްތަކަށް ލިބިގެންދާނެ އެވެ. މިއާއިއެކު މިދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެއެވެ.
ރާއްޖޭގެ ވައިގެ ސިނާއަތަކީ، ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅި ލާމެހިގެން ކުރިއަށްދާ ސިނާއަތަކަށް ވުމާއިއެކު، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ)އާއި ގުޅިގެން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މި ކޮންގްރެސްގެ ތެރޭގައި މަސައްކަތްތަކެއް ކުރެވިގެން ދާނެއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ދާއިރާތަކާއި ގުޅުންހުރި މައުލޫމާތު ދިނުމަށް ޚާއްސަ ސްޓޯލްއެއް ވަނީ ތައްޔާރުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
