މާލެ: 31°C
ކެނަބިސް ޓްރެފިކް ކުރި މައްސަލައިގައި އަނެއްކާވެސް އުބާދަތު ހޯދަނީ

ކެނަބިސް ޓްރެފިކް ކުރި މައްސަލައިގައި އަނެއްކާވެސް އުބާދަތު ހޯދަނީ

July 10, 2024
2 ފަހަރު ބަލާފައި
ކެނަބިސް ޓްރެފިކް ކުރި މައްސަލައިގައި އަނެއްކާވެސް އުބާދަތު ހޯދަނީ
ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ / ހަޒާރުމާގެ، މުޙައްމަދު އުބާދަތު ޙުސައިން (29އ) އެވެ. ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާ ކަމަށެވެ. އޭނާ ހޯދަމުންދަނީ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހުގެ 17 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ. އެހެންކަމުން، އުބާދަތު ހުސައިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ