މާލެ: 31°C
ދެ ބިދޭސީއަކު ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފި

ދެ ބިދޭސީއަކު ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފި

July 10, 2024
2 ފަހަރު ބަލާފައި
ދެ ބިދޭސީއަކު ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފި
ދެ ބިދޭސީއަކު ހޯދަން މޯލްޑިވްސް އިމިގުރޭޝަނުން އިއުލާނުކޮށްފިއެވެ. އިމިގްރޭޝަނުން ހޯދަންމުންދަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރަމްޗަންދްރާ ޕްރަޖަޕަތީ (44އ) އާއި ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަހުމަދު ފަސާޔިރު މުޙައްމަދު ޖަލީލު (33އ) އެވެ. އިމިގްރޭޝަނުން ވަނީ މި ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ވާނަމަ 9199017 އަށް ގުޅައި ނުވަތަ risk@immigration.gov.mv މެއިލްކޮށް އެކަން ހިއްސާ ކުރުމަށް އެދިފައެވެ. އެ ދެމީހުން ހޯދަން އިއުލާންކޮށްފައިވަނީ ކޮން ސަބަބަކާ ހެދި ކަމެއް އިމިގްރޭޝަނުން ބުނެފައިނުވާއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އަންނަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން، ގަވާއިދާއި ހިލާފަށް ވިޔަފާރި ކުރަމުންދާ ގިނަ އަދަދެއްގެ ބިދޭސީންތަކެއް މިހާރުވެސް ހިފަހައްޓާ އިމިގްރޭޝަންގެ ބެލުމުގައި ދަށުގައި އެބަތިއްބެވެ. އެމީހުން ޑީޕޯޓްކޮށްލެވެންދެން އަދިވެސް ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ