މާލެ: 31°C
އަދުރޭ އާއިލާގެ ގިނަ ބަޔަކު ދައުލަތުގެ ޕޭރޯލްގައި، އާންމުންގެ ޝަކުވާ

އަދުރޭ އާއިލާގެ ގިނަ ބަޔަކު ދައުލަތުގެ ޕޭރޯލްގައި، އާންމުންގެ ޝަކުވާ

July 10, 2024
3 ފަހަރު ބަލާފައި
އަދުރޭ އާއިލާގެ ގިނަ ބަޔަކު ދައުލަތުގެ ޕޭރޯލްގައި، އާންމުންގެ ޝަކުވާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އާއިލާގެ ގިނަ ބަޔަކަށް ސަރުކާރުގެ ވަޒީފާތައްދީ، ދައުލަތުގެ ޕޭރޯލްގައި ހިމެނިފައިވާތީ އާންމުން އެކަމާ ޝަކުވާ ކުރަން ފަށައިފިއެވެ. ސޯޝަލް މީޑިއާގެ މިޒަމާނުގައި އެކަން އެންމެ ބޮޑަށް ފާޅުކުރަމުން ގެންދަނީ ސޯޝަލް މީޑިއާގެ އެކި މީޑިއަމްތަކުގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިސްޓުތަކުގެ ތެރެއިން އެއް ލިސްޓުގައިވާ ގޮތުގައި؛
  1. އަބްދުއްރަހީމް ޢަބްދުﷲ :  ރައްޔިތުންގެ މަޖިލީހުގެ ރައީސް
  2. ބޭބެ އިސްމާޢީލް ޢަބްދުﷲ :  ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު
  3. ދަރިކަނބަލުން މަރިޔަމް ސާޖިދާ : ސްޓެލްކޯގެ ބޯޑު މެމްބަރު
  4. ޢަބްދުއްރަހީމްގެ ދަރިއަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ އަހުމަދު ހިޝާމް ވަޖީހު : ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު
  5. އަހުމަދު ހިޝާމް ވަޖީހުގެ ބައްޕަ މުޙައްމަދު ވަޖީހު އިބްރާހީމް : އެމްޕީއެލްގެ ސީއީއޯ
  6. އަބްދުއްރަހީމްގެ ފިރިހެން ދަރިފުޅު ފައިސަލް އިބްރާހީމް : ޓޫރިޒަމް މިނިސްޓަރު
  7. އަބްދުއްރަހީމްއަށް ބޭބެކިޔާ ކުއްޖެއްގެ ކުރީގެ އަނބިމީހާ :  އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު
  8. އަބްދުއްރަހީމްގެ އަންހެން ދަރިފުޅު އައިޝަތު ސަމާހާ :  މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގައި
  9. އަބްދުއްރަހީމްގެ އަނބިކަނބަލުންގެ އެއްބަނޑުއެއްބަފާ އައިޝަތު ޒުހުރުބާން :  ސޯޝަލް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު
މި ލިސްޓްތައް ދައުރުކުރަމުން ގެންދާ މީހުން ބުނެފައިވާ ގޮތުގައި މީގެ އިތުރުން ޢަބްދުއްރަހީމްގެ ރިކުއެސްޓަށް ވަޒީފާ ދީފައިވާ އެތައް ބަޔަކު ސަރުކާރުގެ ޕޭރޯލުގައި ހިމެނިފައި އެބަތިއްބެވެ. "ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުޅި އާއިލާއަށް ސަރުކާރުން ބޮޑު މުސާރަ ލިބޭ މަގާމުތައް ދީފައި ހުރުމަކީ ސަރުކާރުން ހަރަދު ކުޑަކުރުމަށް ދައްކާ ވާހަކައާ ދިމާ އިދިކޮޅު ޢަމަލެއް،" ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއަކު ވިދާޅުވިއެވެ. އަދުރޭގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ދަރިކަލުންނަށް މެލޭޝިއާ އެމްބަސީގެ އިސް މަގާމެއް ދެއްވުމުން ސޯޝަލް މީޑިއާގައި އާންމުންގެ ފާޑުކިއުންތައް ގިނަވުމުން ޝަހީމް ވިދާޅުވެފައި ވަނީ ދަރިފުޅަށް ވަޒީފާ ލިބުނީ އެދާއިރާއިން ކިޔަވާ ވިދާޅުވެފައިވާތީ، ޖާއިޒު ގޮތުގައި ކަމަށެވެ. އެކަމުގައި އެމަނިކުފާނުގެ އެއްވެސް ވަރަކަށް ނާޖާއިޒު ފައިދާއެއް ހޯދާ ނުރަނގަޅު ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ