މާލެ: 31°C
ނާޖާއިޒް ގޮތަކުން ދަރިއަކަށް އަދި އެހެން މީހަކަށްވެސް އެއްޗެއް ހޯދައިދީފައެއް ނުވާނެ: ޑރ. ޝަހީމް

ނާޖާއިޒް ގޮތަކުން ދަރިއަކަށް އަދި އެހެން މީހަކަށްވެސް އެއްޗެއް ހޯދައިދީފައެއް ނުވާނެ: ޑރ. ޝަހީމް

July 10, 2024
3 ފަހަރު ބަލާފައި
ނާޖާއިޒް ގޮތަކުން ދަރިއަކަށް އަދި އެހެން މީހަކަށްވެސް އެއްޗެއް ހޯދައިދީފައެއް ނުވާނެ: ޑރ. ޝަހީމް
އަމިއްލަ ދަރިޔަކަށް ނުވަތަ އާއިލާގެ މެންބަރަކަށް ނާޖައިޒު ގޮތުގައި މަގާމެއް ހޯދައިދީފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޝަހީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ދަރިއަކު، ނުވަތަ އާއިލާގެ މެމްބަރަކު ކިޔަވައިގެން ހުންނެވި ދާއިރާއަކުން ހިދުމަތް ކުރަން އެމީހަށް ލިބޭ ފުރުސަތަކީ ނާޖައިޒް ގޮތުގައި ހޯދައި ދޭނެ ފުރުސަތެއް ނޫން ކަމަށެވެ. "ދައުލަތުގެ މުދަލާއި މަގާމާއި ފައިސާ ނާޖައިޒު ގޮތުގައި ބޭނުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ޝަހީމް ވިދާޅުވިއެވެ. https://twitter.com/Mohamedshaheem1/status/1810870921575719123 ޝަހީމް މިފަދައިން ވިދާޅުވެފައިމިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޝަހީމްގެ ދަރިޔަކަށާއި އާއިލާގެ ބައެއް ބޭފުޅުންނަށް ސިޔާސީ މަގާމުތައް ދެމުން އަންނަ ކަމަށް ބުނެ، މީސް މީޑިއާގައި ވާހަކަ ފެތުރެމުން އަންނަ ފަނޑިވަޅެއްގައެވެ. ދާދި ފަހުން ވަނީ ޝަހީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު ޝިފާޒް އަލީ ސައީދަށް ޓޫރިޒަމް މިނިސްޓްރީގެ ނައިބުކަން އަދި ޝަހީމުގެ ދަރިފުޅު އަބްދުﷲ މާހިލް ޝަހީމް، އަށް މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ އިސް މަގާމެއް ދެއްވި ކަމުގެ އަޑު ފެތުރިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ