މާލެ: 31°C
ކުންފުނިތަކުގެ ބޯޑަށް އެކައުންޓްސް އާއި ފައިނޭންސް ދާއިރާގެ ފަންނީ ބޭފުޅުން ނަގަނީ

ކުންފުނިތަކުގެ ބޯޑަށް އެކައުންޓްސް އާއި ފައިނޭންސް ދާއިރާގެ ފަންނީ ބޭފުޅުން ނަގަނީ

July 10, 2024
2 ފަހަރު ބަލާފައި
ކުންފުނިތަކުގެ ބޯޑަށް އެކައުންޓްސް އާއި ފައިނޭންސް ދާއިރާގެ ފަންނީ ބޭފުޅުން ނަގަނީ
ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކޯޕަރޭޝަންތަކަށް ފިނޭންސް ޑިރެކްޓަރުންގެ ޕޫލެއް އެކުލަވާލަން ނިންމައި އެ ޕޫލަށް މީހުން ހޯދުމަށް ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަނުން އިއުލާންކޮށްފި އެވެ.

ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެއީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމާއި އެ ކުންފުނިތަކުގެ ބޯޑުގެ އޮޑިޓު ކޮމިޓީތަކުގެ މަސައްކަތް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށެވެ.

ކުންފުނިތަކުގެ އެކައުންޓިން އަދި ފައިނޭންސް ޑިރެކްޓަރުންގެ ޕޫލަށް އައްޔަންކުރާ މީހުނަށް މުޅި ކުންފުނީގެ އެތެރޭގެ ކޮންޓްރޯލުތައް ބަލަހައްޓާ، ރިސްކު މެނޭޖުމަންޓު ބެލެހެއްޓުމުގެ ޒިންމާ އޮންނާނެ އެވެ. މާލީގޮތުން ކުންފުނި ފުދުންތެރި ކުރުވުމަށް އިރުޝާދު ދެވޭ ފަދަ ފަންނީ ފަރާތްތަކަކަށް ވާން ޖެހޭނެ ކަމަށެވެ.

އެ ޕޫލް އެކުލަވާލާ ނިމޭއިރު ހުރިހާ ކުންފުނިތަކެއްގެ ބޯޑުގައި އެކައުންޓިން އެންޑް ފިނޭންސް ދާއިރާގެ ތަޖުރިބާ ހުރި، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) އިން ގަބޫލުކުރާ ފެންވަރުގެ ފަންނީ ފަރާތެއް ހިމެނޭކަން ކަށަވަރުކުރެވިގެންދާނެ ކަމަށް ޕީސީބީން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ