
16 އަހަރުގެ ކުޅުންތެރިޔާ ހަމަ މޮޅީ، ސްޕެއިން ފައިނަލަށް
16 އަހަރުގެ ކުޅުންތެރިޔާ ހަމަ މޮޅީ، ސްޕެއިން ފައިނަލަށް
ލިޔުން:
ސްޕެއިންގެ ޒުވާން ފޯވާޑް ލަމީން ޔާމާލް ޖެހި ރެކޯޑު ގޯލަކާއެކު ސްޕެއިން ޔޫރޯ 2024 ގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭ ކުޅުނު އެ މުބާރާތުގެ ސެމީ ފައިނަލް މެޗު ފްރާންސްްއާ ވާދަކޮށް ސްޕެއިންއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ފުރަތަމަ ހަމަލާ މެޗުގެ ފަސް ވަނަ މިނެޓުގައި ސްޕެއިންވަނީ އުފައްދާފައެވެ. ސްޕެއިންގެ ޔަމާލް ނެގި ހުރަހަށް އަރައި ފަބިއަން ރުއިޒް ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިމަތިންނެވެ.
ނަމަވެސް އޭގެ ތިންވަނަ މިނެޓު ފަހުން ފްރާންސްއިން ވަނީ ގޯލެއްޖަހައި ލީޑު ނަގައިފައެވެ. ފްރާންސްގެ ކީލިއަން އެމްބާޕޭ ނެގި ހުރަހަކުން ބޮލުން އެ ގޯލު ޖެހީ ކޮލޯ މުއަނީއެވެ.
ނަމަވެސް މެޗުގެ 20 ވަނަ މިނެޓުގައި ސްޕެއިންއިން ވަނީ ގޯލެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޔަމާލް ކާމިޔާބުކުރި ގޯލެކެވެ. އެ ގޯލާއެކު ޔަމާލް ވެފައިވަނީ ޔޫރޯ ތާރީހުގައި އެންމެ ހަގު އުމުރުގައި ގޯލު ޖެހި ކުޅުންތެރިޔާއަށެވެ. ޔަމާލް އެ ގޯލު ޖެހިއިރު އުމުރަކީ 16 އަހަރާއި 361 ދުވަހެވެ. ކުރިން އެ ރެކޯޑު އޮތް ސްވިޒަލެންޑުގެ ޖޯހަން ވޮންލަންތެން 2004 ވަނަ އަހަރު ގޯލު ޖެހީ 18 އަހަރާއި، 141 ވަނަ ދުވަހުއެވެ.
މެޗުގެ 25 ވަނަ މިނެޓުގަައި ސްޕެއިން ވަނީ އިތުރު ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ސްޕެއިންގެ ޑެނި އޮލްމޯ ފޮނުވާލި ހަމަލާ ފްރާންސްގެ ޖޫލްސް ކުންޑޭ ފައިގައި ޖެހިފައި ވަތް ގޯލެކެވެ.
އެ މެޗުން މޮޅުވެ ސްޕެއިން ފައިނަލް މެޗުގައި ބައްދަލުކުރަން ޖެހޭނީ ސެމީގެ ދެވަނަ މެޗުގައި އިންގްލެންޑާއި ނެދަލެންޑްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
