
އާސަންދައިގެ ދަށުން މިހާރު، ހުރިހާ ދިވެހިންނަށް މެޑިކަލް ޗެކަޕް ހެދޭނެ: އާސަންދަ
އާސަންދައިގެ ދަށުން މިހާރު، ހުރިހާ ދިވެހިންނަށް މެޑިކަލް ޗެކަޕް ހެދޭނެ: އާސަންދަ
ލިޔުން:
އާސަންދައިގެ ދަށުން މިހާރު ހުރިހާ ދިވެހިންނަށްވެސް އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހެދޭނޭކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
އާސަންދަ ކުންފުނިން މިއަދު ބުނީ، މިހިނގާ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެން، އުމުރުން 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންގެ މެޑިކަލް ހެދުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. މިއީ ސަރުކާރުން ކުރިންވެސް އެ އުމުރުފުރާގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލުމަށް ތާވަލުކޮށްފައި އޮތް ތާރީހެވެ. އާސަންދައިން ބުނީ ސަރުކާރުގެ ކޮންމެ ހެލްތު ސެންޓަރަކުން ނުވަތަ ހޮސްޕިޓަލަކުންވެސް އާސަންދައިގެ ދަށުން މިހާރު މެޑިކަލް ޗެކަޕް ހެދޭނޭ ކަމަށެވެ.
އާސަންދައިގެ ދަށުން މީގެ ކުރިން އުމުރުން ދުވަސްވީ މީހުނަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް، ހިލޭ ހެލްތު ޗެކަޕް ހެދުމުގެ ޕްރޮގްރާމަށް އުއްމީދުކުރިވަރުގެ ތަރުހީބެއް ލިބެމުން ނުދާކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.
އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕްގެ ހިދުމަތް ސަރުކާރުން ތައާރަފްކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުއެވެ.
ސަރުކާރުން މި ހިދުމަތް އެންމެ ފުރަތަމަ ތައާރަފްކޮށްފައިވަނީ 50 އަހަރުން މަތީގެ މީހުންނަށެވެ. އޭގެފަހުން އޭޕްރިލްމަހު ވަނީ އުމުރުން 35 އަހަރާއި 49 އަހަރުގެ މީހުންނަށް ހިލޭ ހެލްތު ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އާސަންދަ މެދުވެރިކޮށް ހިލޭ ހެލްތު ޗެކަޕް ހެދުމުގެ ފުރުސަތު ދިނުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތައް ދުރާލައި ދެނެގަތުމަށްޓަކައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
