މާލެ: 31°C
ކުނި ފީ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ހުކުމްކޮށްފި

ކުނި ފީ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ހުކުމްކޮށްފި

July 9, 2024
3 ފަހަރު ބަލާފައި
ކުނި ފީ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ހުކުމްކޮށްފި
ކުނި އުކައިދީގެން ވެމްކޯއަށް ދައްކަންޖެހޭ 39 ހާހަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން އެފްއޭއެމްގެ މައްޗަށް ހުކުމްކޮށްފިއެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، (ވެމްކޯ) އިން މިއަހަރުގެ ޖެނުއަރީމަހުގެ 16 ވަނަ ދުވަހު ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ވިލިމާލޭގެ ފުޓްބޯޅަ ދަނޑުން ކުނި އުކައިދީގެން އެފްއޭއެމަށް ބިލްކޮށްފައިވާ އިންވޮއިސްތަކަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމުން) ފައިސާ ދައްކާފައިނުވާތީވެ، އެ ހުރިހާ ބިލްތަކަކަށްވާ ފައިސާ އެއްފަހަރާ ހޯދުމަށް އެދޭކަމަށެވެ. ވެމްކޯއިން ދައުވާކޮށްފައިވަނީ 39،108 ރުފިޔާ ހޯދުމަށެވެ. މި މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން މިދިޔަ ބްރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައިވަނީ ވެމްކޯއިން ހޯދުމަށް އެދިފައިވާ 39،108 ރުފިޔާ މިމަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން ދައްކައި ނިންމަން ޖެހޭނޭ ކަމަށެވެ. ވެމްކޯއަށް ކުނި ފީ ދެއްކުމަށް ސިވިލްކޯޓުން އެފްއޭއެމްގެ މައްޗަށް އަމުރުކޮށްފައިވާއިރު، އެފްއޭއެމް ވަނީ އެތައް މިލިއަން ރުފިޔާއަކުން ދަރަނިވެރިވެފައެވެ. އެފްއޭއެމުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ އެތައް މިލިއަނަކަށް އަރާއިރު، ފީފާއިން ވަނީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބައްސާމް، ފުޓްބޯޅައިގެ އެެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭނޭހެން 9 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ