އައިބީ ވަކިކުރިކަން އެނގުމުން ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް އޭޖެންޓް އިނަމޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގުވެސް ވަނީ އައިބީ ވަކިކުރުމުން ހިތާމަކުރާކަމަށް ވިދާޅުވެފައެވެ. މި ބޭބޭފުޅުންގެ އިތުރުންވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޭރުގެ ބައެއް ފަރާތްތަކުންވެސް ވަނީ ކުއްލިގޮތަކަށް އައިބީ ވަކިކުރުމުން އެކަން ފާހަގަކޮށްފައެވެ.
އެއްވެސް ނޯޓިހެއް ނުދީ އިބްރާހިމް އާސިމް (އައިބީ) އެމްއެމްޕީއާރުސީން ވަކިކޮށްފައިވާއިރު، އޭނާ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވަމުން އަންނަތާ 34 އަހަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އެމްއެމްޕީއާރުސީގެ އެންމެ ދުވަސްވީ މުއައްޒަފު ވަކިކުރުމުން، ސިނާއަތުގެ ބައެއް މީހުނަށް ހައިރާންކަމެއް!
އެމްއެމްޕީއާރުސީގެ އެންމެ ދުވަސްވީ މުއައްޒަފު ވަކިކުރުމުން، ސިނާއަތުގެ ބައެއް މީހުނަށް ހައިރާންކަމެއް!
ލިޔުން:
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އެންމެ ދުވަސްވީ އެއް މުއައްޒަފު މަގާމުން ވަކިކުރުމާއި ގުޅިގެން ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ވަރަށްބޮޑު ހައިރާންކަމެއް ލިބިއްޖެއެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ސަރުކާރުން މިއަދު ވަނީ އެމްއެމްޕީއާރުސީގެ ދެ މަޤާމެއް އުވާލައި، އެ ދެ މަޤާމުގައި ތިއްބެވި ބޭފުޅުން ގެއަށް ފޮނުވާލާފައެވެ. މަޤާމު އުވާލައި ވަކިކުރެއްވި ދެ ބޭފުޅުންނަކީ، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި މުހައްމަދު ބައްސާމް އާދަމާއި، ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް އިބްރާހިމް އާސިމް (އައިބީ) އެވެ.
މީގެ ތެރެއިން އައިބީއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ ސަރުކާރުގެ އެންމެ ދުވަސްވީ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅާއެވެ. އައިބީ މަޤާމުން ވަކުކުރުމާ ގުޅިގެން ރާއްޖޭގެ އެންމެ ގިނަދުވަސްވީ އެއް ޓްރެވަލް އޭޖެންސީ ކެޕިޓަލް ޓްރެވަލް އޭޖެންސީގެ ވެރިޔާ ޔޫސުފް ރިފްއަތު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައިބީ ފަދަ ޓޫރިޒަމް ދާއިރާގައި ގިނަދުވަސްވީ ބޭފުޅަކު މިހާ ކުއްލިގޮތަކަށް ވަކިކުރެއްވުމުން ވަރަށްބޮޑު ހައިރާންކަމެއް ލިބިގެންދިޔަ ކަމަށެވެ. ރިފްއަތު ވިދާޅުވީ އައިބީއަކީ ޓޫރިޒަމް ދާއިރާގެ މީހުންގެ އިހުތިރާމް ލިބިފައިވާ ދާއިރާގެ ތަޖުރިބާކާރެއް ކަމަށެވެ.
އައިބީ ވަކިކުރިކަން އެނގުމުން ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް އޭޖެންޓް އިނަމޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގުވެސް ވަނީ އައިބީ ވަކިކުރުމުން ހިތާމަކުރާކަމަށް ވިދާޅުވެފައެވެ. މި ބޭބޭފުޅުންގެ އިތުރުންވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޭރުގެ ބައެއް ފަރާތްތަކުންވެސް ވަނީ ކުއްލިގޮތަކަށް އައިބީ ވަކިކުރުމުން އެކަން ފާހަގަކޮށްފައެވެ.
އެއްވެސް ނޯޓިހެއް ނުދީ އިބްރާހިމް އާސިމް (އައިބީ) އެމްއެމްޕީއާރުސީން ވަކިކޮށްފައިވާއިރު، އޭނާ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވަމުން އަންނަތާ 34 އަހަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އައިބީ ވަކިކުރިކަން އެނގުމުން ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް އޭޖެންޓް އިނަމޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގުވެސް ވަނީ އައިބީ ވަކިކުރުމުން ހިތާމަކުރާކަމަށް ވިދާޅުވެފައެވެ. މި ބޭބޭފުޅުންގެ އިތުރުންވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޭރުގެ ބައެއް ފަރާތްތަކުންވެސް ވަނީ ކުއްލިގޮތަކަށް އައިބީ ވަކިކުރުމުން އެކަން ފާހަގަކޮށްފައެވެ.
އެއްވެސް ނޯޓިހެއް ނުދީ އިބްރާހިމް އާސިމް (އައިބީ) އެމްއެމްޕީއާރުސީން ވަކިކޮށްފައިވާއިރު، އޭނާ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވަމުން އަންނަތާ 34 އަހަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
