މާލެ: 31°C
ވެހިކަލެއްގައި އެއްޗެއް ގޮވައިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ

ވެހިކަލެއްގައި އެއްޗެއް ގޮވައިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ

July 9, 2024
2 ފަހަރު ބަލާފައި
ވެހިކަލެއްގައި އެއްޗެއް ގޮވައިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ
މާލޭގައި ޕާކްކޮށްފައި އޮތް ވޭނަކުން އެއްޗެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެއްޗެއް ގޮވީ ގަލޮޅު ރެހެންދި ހިނގުމުގައި އޮތް ވޭނެއްގައި އޮތް އެއްޗެއް ގައި ކަމަށެވެ. މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި ބާރުގަދަ އަޑެއް ގޮވައިގެން އެ ސަރައްދުގައިި ފުލުހުން ހަރަކާތްތެރިވާ ކަމަށެވެ. އެ ވޭނަށް ގެއްލުންތަކެއް ލިބފައިވެ އެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ. ހަތިޔާރާއެކު ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު އެކަން ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ