
ޖަޕާނުގެ ބައެއް ހޮޓާތަކަށް އިޒްރޭލް ޕާސްޕޯޓުގައި ޗެކިން ނުވެވޭކަމުގެ ޝަކުވާ
ޖަޕާނުގެ ބައެއް ހޮޓާތަކަށް އިޒްރޭލް ޕާސްޕޯޓުގައި ޗެކިން ނުވެވޭކަމުގެ ޝަކުވާ
ލިޔުން:
ޖަޕާނުގެ ބައެއް ހޮޓާތަކުން އިޒްރޭލު މީހުން ނުވައްދާކަމުގެ ޝަކުވާ އިޒްރޭލު މީހުން ކުރަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގެ އިޒްރޭލު މީހުންގެ ގުރޫޕެއްގައި ބައެއް މީހުން ބުނެފައި ވަނީ ހޮޓަލަށް ވަދެ ޗެކިންވާން ޕާސްޕޯޓް ދެއްކުމުން "އިޒްރޭލް މީހުންނަށް ޖާގައެއް ނުދެން" ކަމަށް ބުނެ ހޮޓަލުން ނެރެލާފައި އެބަހުއްޓެވެ.
މިކަން ޖަޕާނުގެ މީޑިއާތަކުގެ ސަމާލުކަމަށް އައުމުން ޖަޕާނު ސަރުކާރުން ބުނެފައިވަނީ އަމިއްލަ މީހުންގެ ވިޔަފާރިއަކީ ސަރުކާރުން ޑިކްޓޭޓްކުރާނެ ކަމެއް ނޫން ކަމަށާއި އެމީހުން ބޭނުން ނުވާ މީހުން ހޮޓާތަކަށް ނުވެއްދުމުގެ ފުރިހަމަ އިހްތިޔާރު ހޮޓާތަކުގެ މެނޭޖްމަންޓަށް ލިބިގެންވާ ކަމަށެވެ.
އިޒްރޭލު މީހުންނަށް ދިމާވާ މައްސަލަތައް ހިއްސާކުރުމަށް ހަދާފައިވާ ގުރޫޕުގައި ހިޔާލުފާޅުކުރި އިޒްރޭލު މީހުން ބުނެފައިވަނީ އިޒްރޭލު ސަރުކާރުން މިކަންކަމާ މެދު ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ވެއްޖެ ކަމަށެވެ.
"އިޒްރޭލު މީހުންނަކީ އެހާ ދަށް ބައެއް ނޫން. ހެދިހާ ގޮތެއް ހެދިގެން ތިބޭ ހިސާބަށް އަހަރެމެންގެ ހާލަތު ވެއްޓުނަ ދީގެން ނުވާނެ،" އެކަކު ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
