މާލެ: 31°C
މާލޭގައި ކުދި ފިހާރަ ހިންގަމުންދިޔަ ބިދޭސީއަކާއި، އިތުރު ހަތަރު މީހަކު އަތުލައިގަނެފި

މާލޭގައި ކުދި ފިހާރަ ހިންގަމުންދިޔަ ބިދޭސީއަކާއި، އިތުރު ހަތަރު މީހަކު އަތުލައިގަނެފި

July 9, 2024
3 ފަހަރު ބަލާފައި
މާލޭގައި ކުދި ފިހާރަ ހިންގަމުންދިޔަ ބިދޭސީއަކާއި، އިތުރު ހަތަރު މީހަކު އަތުލައިގަނެފި
މާލޭގައި އެކިއެކި ކުދި ރީޓެއިލް ފިހާރަތައް ފުޅާދާއިރާއެއްގައި ހިންގަމުންދާ ބިދޭސީއަކާއި، އޭނާއާ ގުޅުން ހުރި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން "އެކްސް" ގައި ކުރި ފޯސްޓެއްގައި ބުނީ، ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، މާލޭގައި އެކިއެކި ކުދި ރީޓެއިލް ފިހާރަތައް ފުޅާދާއިރާއެއްގައި ހިންގަމުންދާ ކަމަށް އިމިގްރޭޝަން އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ބިދޭސީއެއް ހޯދުމަށް ރޭ 23:30 އާއި 00:30 ދެމެދު ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަަމަށެވެ. އަދި މި ބިދޭސީ މީހާ އާއިއެކު އެ ސައިޓުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ ތިން ފިރިހެނަކާއި، އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ބުނެފައިވެއެވެ. https://twitter.com/ImmigrationMV/status/1810551894160601568 އިމިގްރޭޝަނުން އާއްމުކޮށްފައިވާ ފޮޓޯތަކުން އެ މީހުން އެ ފިހާރަ ތެރޭގައި ހަރަކާތްތެރިވާ މަންޒަރު ފެނިގެންދެއެވެ. ދާދި ފަހުން އިމިގްރޭޝަނުން ވަނީ ހުޅުމާލޭގައި ގަވާއިދާއި ހިލާފަށް ވިޔަފާރި ކުރަމުންދިޔަ އިތުރު ހަތަރު ބިދޭސީއަކު ވެސް ހައްޔަރުކޮށްފައެވެ. އޭގެ އިތުރުން، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ މަހުގެ 29 ގައި މާލޭގެ ލޯކަލް މާރުކޭޓާއި މާލެތެރޭގައި އަމިއްލަ ފަރާތްތަކުން ހިންގާ މާރުކޭޓުތައް ރެއިޑްކޮށް ވަނީ 50 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެމީހުން ޑީޕޯޓްކޮށްލެވެންދެން އަދިވެސް ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބަހައްޓާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ