
ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަކީ ސްކޭމެއް: ސުޖާޢު
ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަކީ ސްކޭމެއް: ސުޖާޢު
ލިޔުން:
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފްރީ ޑިގްރީ ޕްރޮގްރާމް ހިންމަގުން ދިޔައީ ބޮޑު ސްކޭމެއް ގޮތަށް ކަމަށާއި އެކަންތައް ބަލަން އެބަޖެހޭ ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި ޤާނޫނު ނަންބަރ 7/2021 (ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ޤާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ ކުރީ ސަރުކާރުން ފްރީ ޑިގްރީ ފަދަ ތައުލީމީ އިންވެސްޓުމެންޓުގެ ނަމުގައި ހިންގާފައިވާ ޖަރީމާތައް ހޯދައި ބަލަން އެބަޖެހޭ ކަމަށާއި ފްރީ ޑިގްރީ ޕްރޮގްރާމް ހިންގާފައިވަނީ ބޮޑު ސްކޭމެއްގެ ގޮތުގައި ކަމަށެވެ.
ޝުޖާއު ވިދާޅުވީ ޕްރައިވެޓް ކޮލެޖްތަކުގައި ހިންގަމުން ދިޔަ ކޯސްތަކުގެ އަގު ވައްޓާލާފައިވާ ކަމަށާއި 60 ޕަސެންޓް ސަބްސިޑީއެއްހެން ފްރީ ޑިގްރީ ޕްރޮގްރާމް ހިންގާފައިވާ ކަމަށެވެ. އޭގެ ސަބަބުން ޕްރައިވެޓް ކޮލެޖުތައް އިނދަޖެހިގެން ދިޔަ މަންޒަރު ރައްޔިތުންނަށް ފެނިގެންދިޔަކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ބިލަކަށް އިސްލާހު ގެނައުމަށް ބަހުސް ކުރައްވަމުންދާއިރު ރާއްޖޭގައި ތައުލީމު ކުރިއަރުވަން ޕްރައިވެޓް ސެކްޓާތަކުން ކުރާ ބުރަ މަސައްކަތް ފާހަގަކުރަން ޖެހޭ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު ސަރުކާރުން ހިންގި ހިލޭ ޑިގްރީ ޕްރޮގްރާމެގެ ސަބަބުން ތައުލީމީ ދާއިރާ އިނދަޖެހުނުކަން ޝުޖާއު ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ސަބަބުން ބައެއް ޕްރައިވެޓް ކޮލެޖުތައް ތަޅުއެޅުވިގެން ދިޔަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ކަންމިހެން ހުރުމާއެކީ ތައުލީމީ ދާއިރާ ކުރިއަރުވައި އިސްލާހުތައް ގެނައުމަށް މި ސަރުކާރުން ނިންމީ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވި ގޮތުގައި އަމިއްލަ ގައުމުގައި ތިބެގެން މަތީ ތައުލީމު އުނގެނެން އޮތީ ރާއްޖޭގެ ޕްރައިވެޓް ސެކްޓާތަކަށް އިންވެސްޓުކޮށް ޕްރައިވެޓް ކޮލެޖުތައް ޔުނިވާސިޓީއަށް ހެދުމަށްފަހު މިދާއިރާގައި ކުރިޔަށް ދާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދީގެންނެވެ.
މި ބިލަށް ގެންނަ އިސްލާހާއެކީ ތައުލީމީ ރައްކާތެރި ކަމާއި ޖިންސު ތަފާތު ކުރުމެއް ނެތި ކުޅެދުން އަދި ނުކުޅެދުންތެރިކަމަށް ނުބަލާ ހުރިހާ ފަންތީއަކަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށް މެންބަރު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
