މާލެ: 31°C
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިން ހަޓްތައް ހިންގި ތަނުގައި އެޗްޑީސީން ކިއޮސްކްތައް ހަދަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިން ހަޓްތައް ހިންގި ތަނުގައި އެޗްޑީސީން ކިއޮސްކްތައް ހަދަނީ

July 9, 2024
3 ފަހަރު ބަލާފައި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިން ހަޓްތައް ހިންގި ތަނުގައި އެޗްޑީސީން ކިއޮސްކްތައް ހަދަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވީގެ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތައް ނެގުމަށްފަހު އެޗްޑީސީން އެތަނުގައި ރީތި ކިއޮސްކްތައް ހަދަން ފަށައިފިއެވެ.

އެ ސަރަހައްދުގައި ވަގުތީގޮތުން ހަދާފައިވާ ހަޓްތައް ނަގަން އެޗްޑިސީން ދިނީީ މިދިޔަ މަހުގެ 15 ގެ ނިޔަަލަށެވެ. އަދި އޭގެ ފަހުން އެތަން އެޗްޑީސީން ވަނީ ސާފްކޮށްފައެވެ. އެޗްޑީސީން މިހާރު އެތަނުގައި ރީތި ކިއޮސްކްތައް ހަދަން ފަށާފައިވާއިރު. މީގެ ކުރިން އެ ސަރަހައްދުގައި ވަގުތީ ހަޓްތަކެއް ޖަހައިގެން އަމިއްލަ ގޮތުން ވިޔަފާރިކުރަމުންދާތީ، އެކަމާ ގުޅޭގޮތުން ގިނަ ބައެއްގެ ޝަކުވާ އެޗްޑީސީއަށް ވަނީ ލިބިފައެވެ. https://twitter.com/MyHulhumalemv/status/1810537967297208333 އެކަމާ ގުޅިގެން އެޗްޑިސީން ވަނީ އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ފަށައިފައެވެ. އެޗްޑީސީން ނިންމާފައިވަނީ އެ ސަރަހައްދު ތަރައްގީ ކޮށްނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލުމަށެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިދުމަތްތައް ވީހައިވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ