
އިމިގްރޭޝަން ކޮންޓްރޯލާގެ އިލްތިމާސް: ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވައި މަސައްކަތް ނުކުރުވާ
އިމިގްރޭޝަން ކޮންޓްރޯލާގެ އިލްތިމާސް: ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވައި މަސައްކަތް ނުކުރުވާ
ލިޔުން:
ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދާއި ހިލާފަށް ނުވަތަ ރަސްމީ އެއްވެސް ހުއްދައެއް ނެތި އުޅޭ ބިދޭސީންނާއެކު ދިވެހިން އެކި މަސައްކަތްތައް ނުކުރުމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު އިލްތިމާސް ކުރައްވައިފިއެވެ.
ކޮންޓްރޯލާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރޭ ވިދާޅުވީ އިމިގްރޭޝަން ގާނޫނުގެ 30ވަނަ މާއްދާގެ ދަށުން ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން މަސައްކަތް ކުރުމުގެ ހުއްދަ ނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެއް ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ފަރާތްތައް އެ ގާނޫނުގެ ދަށުން، 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެމީހެއްގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު ކޮންޓްރޯލާ އަށް ލިބިގެންވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު އިލްތިމާސްކުރަނީ އެންމެހާ ފަރާތްތަކުންވެސް އިމިގްރޭޝަންގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރެއްވުމަށް،" ޝައްމާން ވިދާޅުވިއެވެ.
އޭނާ މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ ހާއްސަ އޮޕަރޭޝަންތަކެއް އިމިގްރޭޝަނާއި ފުލުހުންނާއި އަދިވެސް ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން އަންނަނީ ކުރިޔަށް ގެންދަމުންނެވެ. އެ އޮޕަރޭޝަންގެ ފުރަތަމަ ދުވަހު އެކަނިވެސް 50 ބިދޭސީން އަތުލައިގަތެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ރޭ ވަނީ ބިދޭސީންގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބެންދެން އެ މަސައްކަތް ހުއްޓާ ނުލާ ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
