މާލެ: 31°C
ތިން ޒުވާނުންވެގެން މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި، ތިން ޒުވާނުން ހައްޔަރަށް

ތިން ޒުވާނުންވެގެން މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި، ތިން ޒުވާނުން ހައްޔަރަށް

July 9, 2024
2 ފަހަރު ބަލާފައި
ތިން ޒުވާނުންވެގެން މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި، ތިން ޒުވާނުން ހައްޔަރަށް
މާލޭގައި ތިން މީހަކު ވެގެން މީހަކު ރަހީނުކޮށް އެ މީހާގެ އިނގިލި ބުރިކޮށްލައިފި އެވެ. އެކަމެއް އިއްޔެ ހިނގާފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 18 އަހަރާއި، 21 އަހަރުގެ އިތުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައިވާ ގޮތުން އެ ތިން މީހުންނަށް ތުހުމަތު ކުރެވެނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، މިހެއްގެ ގައިގައި ޖެހުމުގެ އިތުރުން ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމެވެ. އިނގިލި ބުރިކޮށްނުލާ ކަމަށާއި ޕަވަޓޫލް އެއް ބޭނުން ކުރަނިކޮށް އަނިޔާވީ ކަމަށް ހައްޔަރުކުރި ތިން މީހުންގެ ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް އަނިޔާ ލިބުނު ފަރާތުގެ ފޮޓޯތަކަށް ބަލާއިރު ޖިސްމާނީ އަނިޔާ ގަސްދުގައި ދީފައިވާ ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ. ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އެ ތިން މީހުން ބަންދުކޮށްފަ އެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ