
ބޭކާރު ހަރަދުތައް ހުއްޓުވައި 4 ބިލިއަން ރުފިޔާ ސަލާމަތް ކުރެވިއްޖެ ކަމަށް ނާއިބް ރައީސް ވިދާޅުވެއްޖެ
ބޭކާރު ހަރަދުތައް ހުއްޓުވައި 4 ބިލިއަން ރުފިޔާ ސަލާމަތް ކުރެވިއްޖެ ކަމަށް ނާއިބް ރައީސް ވިދާޅުވެއްޖެ
ލިޔުން:
ސަރުކާރުން ކުރަމުން އައި ބޭކާރު ހަރަދުތައް ހުއްޓާލުމުން ދައުލަތުގެ ބަޖެޓުން 4 ބިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވުނު ކަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް އެހެން ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށާ އެކޮމިޝަނުގެ "ކޮރަޕްޝަން ރިސްކު ސެލްފް އެސެސްމަންޓް ޓޫލްކިޓުގެ ޑިޖިޓައިޒް ޕްލެޓްފޯމް" ރަސްމީކޮށް އިފުތިތާޙްކުރުމުގެ ގޮތުން އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ މުހިންމު އެއް ފިޔަވަޅަކީ އެކި ނަންނަމުގައި ދައުލަތުން ބަދަލު ދިނުމަށް ކުރީ ސަރުކާރުގައި އުފެއްދެވި ސެޓަލްމެންޓް ކޮމެޓީ އުވާލެއްވުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އޭރު މަޝްރޫއުތައް ހިންގުމުގެ ނަމުގައި 3 ގުނައަށް އިތުރަށް ދައުލަތުން ކުރަމުން ދިޔަ ހޭދަ ހުއްޓުވައި، ދައުލަތުގެ ފައިސާ އިސްރާފުކުރުމަށް ހިންގަމުން ދިޔަ އެތައްކަމެއް ރައީސް މުއިއްޒު ހުއްޓުވުމަކަށް ގެންނެވި ކަމަށެވެ.
"އެކި ނަންނަމުގައި ރައްޔިތުންގެ ފައިސާ އިސްރާފުކުރަމުން ހިންގި އެތައް ކަމެއް ސުމަކަށް ހައްދަވައި، ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބަޖެޓުން 4 ބިލިއަން ރުފިޔާ މިހާރުވެސް ވަނީ ސަލާމަތް ކޮށްދެއްވާފައި." ނައިބް ރައީސް ވިދާޅުވި އެވެ.
ނައިބް ރައީސް ވިދާޅުވީ ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ރައީސް މުއިއްޒު ދެއްވި އެންމެ ބޮޑު އެއް ޔަގީންކަމަކީ އެދުވަހުން ފެށިގެން ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން މުޅީން ހުއްޓުނީކަން ކަމަށާއި އެއީ ކޮރަޕްޝަންގެ ދޮރުތައް ބަންދުކުރެއްވުމަށް އެމަނިކުފާނު އެޅުއްވި މުހިންމު ފިޔަވަޅެއްކަމުގައި ނައިބް ރައީސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
