
އެމްއެމްޕީއާރްސީގެ ޑީއެމްޑީ ބައްސާމް މަގާމުން ވަކިކޮށްފި
އެމްއެމްޕީއާރްސީގެ ޑީއެމްޑީ ބައްސާމް މަގާމުން ވަކިކޮށްފި
ލިޔުން:
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމް މަގާމުން ވަކިކޮށްފިއެވެ.
ބައްސާމް އަކީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި ފާތުމަތު ތައުފީގު މެއި މަހުގެ ތެރޭގައި މަގާމުން ވަކިކުރުމާ ގުޅިގެން އެމްޑީއަކު އައްޔަންކުރަން ދެން ކުންފުނި ހިންގެވުމުގެ ޒިންމާ ނަންގަމުން ގެންދެވި ބޭފުޅާއެވެ.
ނަމަވެސް ދާދިފަހުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ އައްޔަންކޮށްފައެވެ.
ބައްސާމަކީ މި އަހަރުގެ ކުރީކޮޅު އެމްއެމްޕީއާރްސީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތު ކުރެވުނު ބޭފުކެވެ.
ބައްސާމްގެ އިތުރުން އެމްއެމްޕީއާރްސީގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެއްވި އިބްރާހީމް އާސިމް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އެ ބޭފުޅުން ވަޒީފާ އިން ވަކިކުރަން ނިންމިކަން ސަރުކާރުން އެންގީ އިއްޔެއެވެ.
އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމުގައި މިހާރު ޝިއުރީ ހުންނެވިއިރު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މި ހަފުތާގެ ތެރޭގައި ވަނީ ދެ ބޭފުޅަކު އައްޔަންކޮށްފައެވެ. އެއީ އަބްދުލް ސަމީއު އިމާދާއި އައިޝަތު ހަމީދެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
