
ޤުރުއާން ކޯސްތައް އޮންލައިނުކޮށް ކުރިއަށްގެންދެވޭގޮތަށް ހުއްދަދީފި
ޤުރުއާން ކޯސްތައް އޮންލައިނުކޮށް ކުރިއަށްގެންދެވޭގޮތަށް ހުއްދަދީފި
ލިޔުން:
ޤުރުއާނާ ގުޅުންހުރި އެކި މާއްދާތައް އޮންލައިނުކޮށް ކިޔަވައިދިނުމުގެ ހުއްދަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭއިން ދީފިއެވެ.
ރާއްޖޭގައި އޮންލައިނުކޮށް ކޯސްތައް ހިންގާއިރު، އޮންލައިންކޮށް ކިޔަވައިނުދެވޭނެ 8 ދާއިރާއެއް ހިމެނެއެވެ އެމްކިއުއޭއިން ބުނީ މި 8 ދާއިރާގެ ތެރޭގައި ޤުރުއާނުގެ ކޯސްތައް ހިމެނޭ ކަމަށެވެ.
އޮންލައިނުކޮށް ގުރުއާން ކޯސްތައް ހިންގުމުގެ ހުއްދަ އެންމެފަހުން އެމްކިއުއޭއިން ދީފައިވަނީ، އެ އޮތޯރިޓީ އާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ކުރެވުނު މަޝްވަރާގެ މަތިންނެވެ. މިގޮތުންއީ-ލާނިންގ މޮޑަލިޓީގެ ދަށުން ކީރިތި ގުރުއާނާއި ގުރުއާނާ ގުޅުންހުރި މާއްދާތައް ކިޔަވައިދިނުމުގެ ހުއްދަ ދެވިދާނެކަމަށް ބަޔާންކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެމްކިއުއޭއަށް ލިޔުމުން ދަންނަވާފައެވެ.
އެމްކިއުއޭއިން ބުނީ، އޮންލައިނުކޮށް ކިޔަވައިދިނުމުގައި މިހާރުން މިހާރަށްވެސް ވަކި ކަހަލަ މޮޑިއުލްތަކެއް ކިޔަވައިދެވިދާނެ ކަމަށެވެ. އޭގެ ތެރޭގައި މަޢާނިލް ޤުރުއާން އަދި ޢުލޫމުލް ޤުރުއާން ފަދަ މާއްދާތައް ކިޔަވައި ދެވިދާނެ ކަމަށެވެ. އަދި ވަކި އުޞޫލުތަކެއްގެ މަތިން ބަލައިގެން ކިޔަވާ ކޯސްތަކާއި ހިތު ދަސްކުރުމުގެ ކޯސްތައްވެސް ކުރިއަށްގެންދެވިދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބަޔާންކޮށްފައިވާކަމަށެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭއިން ބުނީ ގުރުއާނުގެ އެ ކޯސްތައް އޮންލައިނުކޮށް ކުރިއަށްގެންދެވޭގޮތަށް ހަމަޖެއްސިނަމަވެސް އެ ކޯސްތަކުގެ އިމްތިހާނުތައް އޮންލައިނުކޮށް ކުރިއަށް ނުގެންދެވޭނެކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
