
ސަރުކާރުން ނުދީހުރި ފައިސާ ހޯދުމަށް އޭޑީކޭއިން މަޖިލީހުގެ އެހީ ހޯދަނީ
ސަރުކާރުން ނުދީހުރި ފައިސާ ހޯދުމަށް އޭޑީކޭއިން މަޖިލީހުގެ އެހީ ހޯދަނީ
ލިޔުން:
ސަރުކާރުން އޭޑީކޭ ހޮސްޕިޓަލަށް ދައްކަންޖެހި ނުދައްކާއޮތް 144 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމުގައި އެހީތެރިކަން ދިނުމަށް އެ ހޮސްޕިޓަލުން އެންމެފަހުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އޭޑީކޭއިން ފޮނުވި ސިޓީ އިއްވާފައިވާއިރު، އެ ހޮސްޕިޓަލުން ހިދުމަތް ހޯދުމަށްފަހު ސަރުކާރުން ނުދައްކާ 144،376،112 ރުފިޔާ ވާކަމަށް ސިޓީގައި ވަނީ ބަޔާންކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ އެކި މުއައްސަސާތަކަށް ދީފައިވާ ހިދުމަތްތަކުގެ އިތުރުން އާސަންދަ އަދި އެންސްޕާއަށް ދޫކޮށްފައިވާ ބިލްތަކުން ލިބެންޖެހޭ ފައިސާއެވެ.
ސިޓީގައި އޭޑީކޭއިްނ ބުނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ސަރުކާރުން އޭޑީކޭއަށް 144 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހޭއިރު، މީގެ ތެރޭގައި ވަރަށް ގިނަދުވަސްވީ ބިލްތައް ހިމެނޭކަމަށެވެ. މިގޮތުން މީގެ ތެރެއިން 78.6 މިލިއަން ރުފިޔާ އަކީ ބިލްތައް ހުށަހެޅިތާ 90 ދުވަހަށްވުރެ ގިނަ ދުވަސްވެފައިހުރި ބިލްތައްކަމަށް އޭޑީކޭއިން ބުނެއެވެ. މި ސިޓީގައި އޭޑީކޭއިން ބުނެފައިވަނީ މި ފައިސާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެދެވެން އޮތް އެހީތެރިކަމެއް ދެއްވުން އެދޭކަމަށެވެ. އޭޑީކޭއިން މި ސިޓީ ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.
މާލިއްޔަތު ކޮމިޓީން މިހާރު ވަނީ އޭޑީކޭއިން ހޯދުމަށް އެދިފައިވާ 144.4 މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ނުލިބިވާ ފައިސާގެ އަދަދު ހޯދުމަށް އެ ހޮސްޕިޓަލަށް ސިޓީއެއް ފޮނުވުމަށް ނިންމާފައެވެ.
މިނިވަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭޑީކޭއަށް ލިބެންޖެހޭ ފައިސާގެ މައްސަލައިގައި މަޖިލީހުގެ އެހީތެރިކަން ހޯދުމަށް ނިންމީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ލިޔުމުންނާއި އެހެނިގެން ގޮސްގޮތުންވެސް ހުށަހަޅައިގެން ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރުމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
