
ރިޔާސީ ދައުރު ދަންމާލާނީތަ؟ ނޫނީ މަޖިލީހުގެ ދައުރު ކުރު ކުރާނީތަ؟
ރިޔާސީ ދައުރު ދަންމާލާނީތަ؟ ނޫނީ މަޖިލީހުގެ ދައުރު ކުރު ކުރާނީތަ؟
ލިޔުން:
އިންތިހާބުތައް އެއްކޮށްލައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބާއްވާނަމަ އެންމެ ފުރަތަމަ ވެސް ހޯދަން ޖެހޭ ސުވާލެއްގެ ޖަވާބު އެބަ އޮތެވެ. އެއީ ދެ އިންތިހާބުގެ ދެމެދުގައި ހަ މަހެއްހާ ދުވަހުގެ ފަރަގެއް އޮތުމުން، ރިޔާސީ އިންިހާބުގެ ދައުރު ހަ މަހަށް ދަންމާލާނީތޯ ނޫނީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް ރިޔާސީ އިންތިހާބާ އެއް ދުވަހެއްގައި އިންތިހާބު ބާއްވާނީތޯ އުފެދޭ ސުވާލުގެ ޖަވާބެވެ.
ރޭ ބޭއްވި ޕީޕަލްސް ނެޝަނަލް ކޮންގްރެސް, ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ދެމެދު ހޭދަވަނީ ގާތްގަނޑަކަށް ހަ ވަރަކަށް މަސް ދުވަސް ކަމަށް ވިދާޅުވެ ދެ އިންތިހާބަށް ބޮޑު ހަރަދެއް ކުރަންޖެހޭކަން ފާހަގަކުރައްވާފަ އެވެ. އެހެންވެ، އެމަނިކުފާނުގެ ވިސްނުންފުޅަކީ ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށެވެ. އެކަން ކުރައްވާނީ ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ، އެގޮތަށް ދެ އިންތިހާބު އެއްކޮށް ބޭއްވޭނީ ކޮންމެވެސް އެއް ބައެއްގެ ދައުރު ދަންމާލައިގެެން ކަމަށެވެ.
"މިސާލަކަށް ރައީސްގެ ރިޔާސީ ޓާމް ނިމޭ ދުވަހާ މަޖިލީސްގެ ޓާމް ނިމޭ ދުވަހާ ދެ ދުވަސް ތަފާތުވެފައި އޮތީމަ އެއް ދުވަހަކަށް ހެދުމަށްޓަކައި އެކައްޗެއްގެ ޓާމް ދިގުކުރުން، ނޫނީ އެކައްޗެއްގެ ޓާމްކުޑަކުރުން. އެކަހަލަ ގޮތެއް ހައްދަވައިގެން ދެ ޓާމް ދޭތި އެކައްޗަަކަށް ހެދޭނީ." އޭނާ ވިދާޅުވި އެވެ.
ފުއާދު ވިދާޅުވި ގޮތުގައި ހަރަދުގެ ގޮތުންނާއި އީސީގެ މަސައްކަތްތަކަށް ވެސް ދެ އިންތިހާބު އެއްކޮށްލައިފި ނަމަ ލުއިވާނެ އެވެ. އަދި ގައުމުގެ އިގްތިސާދީ ހާލަތަށް ބަލާއިރު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ރައީސްގެ ވިސްނުންފުޅަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ތާއީދު ކުރާ ކަމަށާއި، އެގޮތަށް ދެ އިންތިހާބު ބާއްވައިފިނަމަ، ހަރަދަށް ދާ މިންވަރުގެ 45 އިންސައްތަ ސަލާމަތް ކުރެވޭނެ ކަމަށް އެ ދެކެއެވެ.
މިދިޔަ ރިޔާސީ އިންތިހާބަށް 180 މިލިއަން ރުފިޔާ ހަރަދު ކުރިއިރު މިއަހަރުު ބޭއްވި މަޖިލީސް އިންތިހާބަށް 120 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. ފުއާދު ވިދާޅުވީ 150 މިލިއަނެއްހާ ރުފިޔާއަށް ދެ އިންތިހާބު ބޭއްވޭނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ހަމަ 45 ޕަސެންޓު ވަރު ސަލާމަތް ކުރެވޭނެހެން ހަރަދުގެ ގޮތުން. ...އަޅުގަނޑުމެން މިހާރު ލަފާ މިކުރާ ގޮތުން... އިތުރު ހަރަދެއް ކުރަން ނުޖެހޭނަމަ 150 މިލިއަނަށް ދެ އިންތިހާބު އެއްކޮށް ބާއްވާ ނިންމާލެވޭނެ" " ފުއާދު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
