މާލެ: 31°C
ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ޖަމާނުވިއަސް ސަރުކާރު މެންބަރުންނަށް އޯކޭ!

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ޖަމާނުވިއަސް ސަރުކާރު މެންބަރުންނަށް އޯކޭ!

July 8, 2024
2 ފަހަރު ބަލާފައި
ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ޖަމާނުވިއަސް ސަރުކާރު މެންބަރުންނަށް އޯކޭ!
ސަރުކާރުގެ ސްކޮލާޝިޕްގައާއި ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ފައިސާ ޖަމާކޮށްނުދޭތީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ. އެމްޑީޕީގެ ފަރާތުން މި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ނާޒިލް އެވެ. މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ، ސަރުކާރުގެ ސްކޮލާޝިޕާއި، ލޯނު ސްކީމުގެ ދަށުން ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ގިނަ އަދަދެއްގެ ދަރިވަރުންނަށް މި ސަރުކާރުން ދޭޭން ޖެހޭ ފައިސާ ނުދީ ލަސްކުރަމުންދާތީއާއި ބައެއް ދަރިވަަރުންނަށް ފައިސާ ޖަމާކޮށްދިނުން ހުއްޓާލާފައިވާތީ ދަރިވަރުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން:
  • ޔުނިވާސިޓީ ނުވަތަ ކޮލެޖަށް ދައްކަންޖެހޭ ކޯސް ފީ ނުދެއްކި އެ ދަރިވަރުންނަށް ކޮލެޖުން އިންޒާރުދީ  ބްލެކް ލިސްޓު ކުރާ ހިސާބަށް މައްސަލަ ވަނީ ގޯސްވެފަ
  • ބައެއް ދަރިވަރުންނަށް ދިރިއުޅޭ ތަނުގެ ކުލި ނުދެއްކި ގިނަ ދުވަސްތަކެއް ވަމުންދާތީ އެ ކުދިން ދިރިއުޅޭ ތަން ހުސްކުރަން ޖެހި، މަގުމަތިވުމުގެ ބިރު ވަނީ ކުރިމަތިވެފަ
  • އާއިލާއާއި ދުރުގައި ދަރިވަރުން ދިރިއުޅެމުންދާއިރު އެ ދަރިވަރުން ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ވެސް ނުކުރެވި އެކި ފަރާތްތަކުގެ އެހީތެރިކަމަށް އެދި ސަލާންޖަހަން ޖެހޭ ހާލަތަށް ބައެއް ދަރިވަރުން އާއިލާ ވަނީ ގޮސްފަ
"ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ތިޖޫރީ ހުސްކުރަނީ ސަރުކާރުގެ ވެރިންނަށް ގެކޮޅުތަކާއި އޮފީސްތައް ޒީނަތްތެރިކުރުމަށާއި ޑޮލަރު ހަރަދުކޮށްގެން ބޮޑެތި ވަފުދުތައް ހަދައިގެން ރާއްޖެއިން ބޭރަށް ދަތުރުކުރުމަށާއި ސިޔާސީ މުވައްޒަފުން ފައުޖު ފައުޖަށް އައްޔަންކޮށް އެމީހުންނަށް މުސާރަދިނުމަށް [ކަމަށްވީ ހިނދު... " ނާޒިލް ވިދާޅުވި އެވެ. އޭނާ ހުށަހެޅުއްވި އެ ކުއްލި މައްސަލަ ބޭރުކޮށްލީ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވި 59 މެމްބަރުންނެވެ. އެ މައްސަލަ ބަލައިގަތުމަށް 12 މެމްބަރުން ވޯޓު ދެއްވި އެވެ. ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލީ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރައްވާ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ އެގޮތަށް އެ ޕާޓީގެ މެމްބަރުން ވޯޓު ދެއްކީ ދަރިވަރުންނަށް ދޭންޖެހޭ 12 މިލިއަން ރުފިޔާ މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާފައިވާތީ ކަމަށެވެ. އަދި ބާކީ ފައިސާ ވެސް މިއަދު ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުން މިދިޔަ މަހުން ޖަމާނުކެރެވިގެން އުޅެނީ ސަރުކާރުގެ ހަރަދުގައި ބޭރުގައިި ކިޔަވާ ކުދިންގެ ކޯސްފީއާއި ސްޓައިޕެންޑެވެ. ފިނޭންސް މިނިސްރީއާއި އެކު މަސައްކަތްކޮށްގެން، އެ ފައިސާ އަންނަ ހަފްތާގެ ތެރޭގައި ޖަމާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ