މާލެ: 31°C
ހަތިމެއްގައި ދަތްއަޅައި ވީދާލި މީހަކު ހައްޔަރުކޮށްފި

ހަތިމެއްގައި ދަތްއަޅައި ވީދާލި މީހަކު ހައްޔަރުކޮށްފި

July 8, 2024
2 ފަހަރު ބަލާފައި
ހަތިމެއްގައި ދަތްއަޅައި ވީދާލި މީހަކު ހައްޔަރުކޮށްފި
މިސްކިތެއްގައި ބާއްވާފައި އޮތް ހަތިމެއްގައި ދަތްއަޅައި ވީދާލި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގަދޭޝްއަށް ނިސްބަތްވާ އެމްޑީ މަންނާން (36އ) އެވެ.

އޭނާ ހައްޔަރުކުރުމަށްފަހު ބަންދާއިމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މަންނާން ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކުރީ އޭނާއަކީ ބިދޭސީއަކަށްވެފައި ފިލައިގެން ދިއުމުގެ އިހުތިމާލު އޮތުމުންނެވެ.

އަދި މިސްކިތުގައި ބާއްވާފައި އޮތް ހަތިމެއްގައި ދަތްއެޅި ކަމުގެ ހެކި އޭނާއާ ދެކޮޅަށް ފުލުހުން ކޮންމެވެސް ވަރަކަށް ހުށަހަޅައިފައިވާތީއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ