މާލެ: 31°C
ފެކްޓަރީތަކުން މީހުން ކަނޑަމުންދާ ކަމަށް މިފްކޯއިން އެއްބަސްވެއްޖެ

ފެކްޓަރީތަކުން މީހުން ކަނޑަމުންދާ ކަމަށް މިފްކޯއިން އެއްބަސްވެއްޖެ

July 7, 2024
2 ފަހަރު ބަލާފައި
ފެކްޓަރީތަކުން މީހުން ކަނޑަމުންދާ ކަމަށް މިފްކޯއިން އެއްބަސްވެއްޖެ

މިފްކޯގެ ވަޒީފާއިން ވަކިކުރަނީ ފަރުވާ ކުޑަކުރާ މީހުން ކަމަށާއި އެގޮތަށް އަމަލުކުރާ ކުރާ އެންމެން ވަޒީފާއިން ވަކިކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޅ. ފެލިވަރުގައި ހުންނަ މިފްކޯގެ މަސް ފެކްޓްރީގައި މަސައްކަތްކުރާ ވަރަށް ގިނަ މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ އެ މީހުން ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ލިޔުންތައް އާންމު ކުރަމުންނެވެ.

"އެ ކަނޑާލި (ފެލިވަރުން) މީހުންނަކީ ޖެހިޖެހިގެން ފަސް ދުވަހު އޮފީހަށް ނާންނަ މީހުން. މުޅި އަހަރު ތެރޭ 15 ދުވަސް އޮފީހަށް ނައިސްފިނަމަ އެއްވެސް ޝަރުތަކާ ނުލައި އެ މީހުން އޮޓޮމެޓިކަލީ ވަޒީފާއިން ވަކިކުރެވޭ ގޮތަށް މި އޮންނަނީ،" މިފްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

"އެއީ ޕޭރޯލް ނިމުނު ފަހުން އެ މީހުން ޑޮކިއުމެންޓުތައް ހުށަހަޅާފައި ހުރީ. އަހަރުމެން ވަރަށް ކުރިން ބުނެދޭން ފަށައިފިން ކުންފުނީގެ މާލީ ހާލަތު ރަނގަޅެއް ނޫނޭ. ކުންފުނި އެބަ ޖެހޭ އިންޖިނިއަރިންގް ޕްރޮގްރާމްތަކެއް ހިންގައި ރީ-ސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރަން." މިހާތަނަށް ވަކިކުރީ ކިތައް މުވައްޒަފުން ކަމެއް މިފްކޯއިން އަދި ނުބުނެއެވެ.

މިނިވަންއަށް އެނގިފައިވާ ގޮތުގައި ފެލިވަރާއި ކޫއްޑޫ ޢަދި އައްޑޫއިން ވެސް ގެންދަނީ މުވައްޒަފުން ކަނޑަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ