މާލެ: 31°C
ވެހިކަލްތަކުގައި ހުޅުޖެހި މީހާއަށް ދައުވާކުރަނީ

ވެހިކަލްތަކުގައި ހުޅުޖެހި މީހާއަށް ދައުވާކުރަނީ

July 7, 2024
2 ފަހަރު ބަލާފައި
ވެހިކަލްތަކުގައި ހުޅުޖެހި މީހާއަށް ދައުވާކުރަނީ
މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުގެރޭ ދަންވަރު ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާއަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޕާކިން ޒޯނުގައި ހުރި 3 ސައިކަލުގައި ރޯކޮށްލި މައްސަލައިގައި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ މާލެ، ހ.ފޯސީޒަން، ފައިރޫޒް އިބްރާހިމް (36އ) މައްޗަށް ކަމަށެވެ. ރޯކޮށްލި ސައިކަލުތައް ވަނީ އިތުރަށް ބޭނުންނުކުރެވޭ ވަރަށް އަނދާފަ އެވެ. ފައިރޫޒްގެ ބަންދު މުރާޖާއަކުރަން ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައިވާ ގޮތުން މައްސަލައިގެ ކުށުގެ އަމަލު ހިންގާފައިވާ ގޮތުން އެކަމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭ ކަމަށެވެ. އޭނާ ކުރިކަމަށް ތުހުމަތުކުރާ ކުށުގެ އަމަލު ހިންގާފައިވާ ގޮތުން އެތައް ބައެއްގެ މުދަލަށް އަދި ފުރާނައަށް ގެއްލުންވުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެ މައްސަލައިގައި ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓް އާއި ފްރޮސިކިއުޝަން އިން ހުށަހަޅާފައިވާ އެހެނިހެން ލިޔުންތަކަށް ބަލާއިރު އެކަށީގެންވާ ވަރަށް ހެކިހުށަހަޅާފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ