އިސްލާމިކް މިނިސްޓްރީން ފަންޑުކޮށްގެން ހެދި އެ ތަނަކީ ޖާގަ ތަނަވަސް ތަނެއް ކަމަށާއި އެތަނުގައި ވުޟޫކުރުމުގެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެއްފަހަރާ 40 ދަރިވަރުންނަށް ނަމާދު ކުރެވޭ ގޮތަށް، ގާއިމުކުރި މި ބައި ހުޅުވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. ސީއެޗްއެސްއީގައި 1،700 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. މާލޭގައި ކުރިން ސީއެޗްއެސްއީ ހިންގި އިމާރާތުގައި އަލުން ކިޔަވައި ދޭން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. މިނިސްޓަރު ޝަފީއު ވިދާޅުވި ގޮތުގައި އޭ ލެވެލް އަށް ކިޔަވައިދޭ އާ ސްކޫލެއް މާލޭގައި އަޅަން ވެސް މި ސަރުކާރުން އޮތީ ނިންމާފައެވެ.
ސީއެޗްއެސްއީގައި ނަމާދުކުރަން ޖާގަ ތަނަވަސް ތަނެއް ހުޅުވައިފި
ސީއެޗްއެސްއީގައި ނަމާދުކުރަން ޖާގަ ތަނަވަސް ތަނެއް ހުޅުވައިފި
ލިޔުން:
ހުޅުމާލޭގައި ހުންނަ ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައި ނަމާދު ކުރަން ހާއްސަ ތަނެއް ހުޅުވައިފިއެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސީއެޗްއެސްއީގައި ހެދި ތަނަކީ ސްކޫލްތަކުގެ ދަރިވަރުންނަށް ނަމާދުކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
