މާލެ: 31°C
ކޭބަލް ވަގު ފުލުހުން ހައްޔަރުކޮށްފި

ކޭބަލް ވަގު ފުލުހުން ހައްޔަރުކޮށްފި

July 7, 2024
2 ފަހަރު ބަލާފައި
ކޭބަލް ވަގު ފުލުހުން ހައްޔަރުކޮށްފި
މަޖީދިއްޔާ ސްކޫލު ކައިރީގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނަކުން ކަރަންޓު ކޭބަލްތައް ބުރިކޮށް، ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:12 ހާއިރު މަޖީދިއްޔާ ސްކޫލު ކައިރީގައި ހުންނަ ސަބްސްޓޭޝަނަކުން ވައްކަން ކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރިއެވެ. އެ ސަބްސްޓޭޝަނުގެ ކޭބަލްތައް ބުރިކޮށް ވަނީ ވަގަށް ނަގައިފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި 32 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ