މާލެ: 31°C
ރިޝީ ސުނަކު ވިދާޅުވީ ރައްޔިތުންގެ ރުޅިވެރިކަމާއި މާޔޫސްކަމުގެ އަޑު އިވިލައްވައިފި ކަމަށް

ރިޝީ ސުނަކު ވިދާޅުވީ ރައްޔިތުންގެ ރުޅިވެރިކަމާއި މާޔޫސްކަމުގެ އަޑު އިވިލައްވައިފި ކަމަށް

July 6, 2024
2 ފަހަރު ބަލާފައި
ރިޝީ ސުނަކު ވިދާޅުވީ ރައްޔިތުންގެ ރުޅިވެރިކަމާއި މާޔޫސްކަމުގެ އަޑު އިވިލައްވައިފި ކަމަށް
އިނގިރޭސިވިލާތުގެ އާންމު އިންތިހާބުގައި މިހާރުުގެ ބޮޑު ވަޒީރުގެ ކޮޮންޒަވެޓިވް ޕާޓީގެ މައްޗަށް ލޭބާ ޕާޓީއަށް ބޮޑު ކާމިޔާބީއެއް ހޯދުމުން، ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވީ މިހެންނެވެ؛ "ރައްޔިތުންގެ ރުޅިވެރިކަމާއި މާޔޫސްކަމުގެ އަޑު އިވިއްޖެ، މި ގެއްލުމުގެ ޒިންމާ އަޅުގަނޑު ނަގަން. އަދި ރައްޔިތުންނާއި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން،" ސުނަކް ވިދާޅުވީ މިއީ އޭނާއާއި ޕާޓީގެ މިހާރުގެ ލީޑަޝިޕަށް ލިބުނު އަގު ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ. "ޕާޓީގެ ލީޑަރުކަމުން އަހަރެން އިސްތިއުފާ ދީފިން. ބޭނުންވަނީ އާމޫނުތަކެއް، އާލީޑަޝިޕެއްގެ ވިސްނުމުން ކޮންޒަވެޓިވްގެ ވެރިކަމެއް އަލުުން އިނގިރޭސިވިލާތުުގައި ގާއިމްކުރުން،" އޭނާ ވިދާޅުވިއެވެ. އިންތިހާބު ކާމިޔާބުކުރި ލޭބަ ޕާޓީން ބުނީ ރައްޔިތުންގެ މާޔޫސްކަން ފިލުވާލަ ދިނުމަށް އެޕާޓީގެ ވިސްނުންތަކެއް، ޕްލޭންތަކެއް އެބަހުރި ކަމަށާއި އާ ބޮޑުވަޒީރު ގޮނޑީގައި އިށީނދެވަޑައިގަންނަވާ ވަގުތުން ފެށިކަން އެކަންކަން ރައްޔިތުންނަށް އިހްސާސް ކުރެވޭވަރު ކުރާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ