މާލެ: 31°C
1.5 މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

1.5 މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

July 6, 2024
2 ފަހަރު ބަލާފައި
1.5 މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
1.5 މިލިއަނެއްހާ ރުފިޔާގެ ވައްކަމުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ. މަތިވެރި، ހަނދުވަރީގެ، އަބްދުﷲ ޖަމީލް (33އ) އެވެ. އޭނާއަކީ މީގެ ކުރިންވެސް ކުށުގެ އެތައް ރެކޯޑެއް އޮންނަ ކަމަށް ރިކޯޑްތަކުން ދައްކާ މީހެއްކަން ފާހަގަކުރެވެއެވެ. ކްރިމިނަލް ކޯޓުން ވަނީ އަބްދުﷲ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އެމީހާއާ ގުޅޭ ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވަނީ ދޮޅު މިލިއަނެއްހާ ރުފިޔާގެ ވައްކަމުގެ މައްސަލައަކީ އިންތިޒާމު ވެގެން، ރާވައިގެން ގިނަ ބަޔަކު ހިމަނައިގެން ކޮށްފައިވާ ވައްކަމެއް ކަމަށެވެ. ޖަމީލްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ހުއްދަ ނޫން ތަނަކަށް ވަނުމާއި، މުދަލައް ގެއްލުން ދިނުމާއި ވައްކަން ކުރުމުގެ ތުހުމަތެވެ. ރިކޯޑްތަކުން ދައްކާ ގޮތުގައި ޖަމީލް ވަނީ 2021 ވަނަ އަހަރު މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރުވާފައެވެ. އަދި މިދިޔަ އަހަރު ފޭކް ބޭންކް ސްލިޕެއް ހަދައިގެން ފިހާރައަކުން ވިޔަފާރި ކުރި މައްސަލައެއްގައި އެއް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަންވެސް ރިކޯޑްތަކުން ދައްކައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ